ENGLISH

18 މޭ 2025

Advertisement

ދިވެހި ހައްޖުވެރިން މި މަހުގެ 26 ގައި ފުރަން ފަށަނީ

17 މޭ 2025

|

އުމްނާ އިސްމާޢީލް

ދިވެހި ހައްޖުވެރިން ސައުދީއަށް ފުރަން ފްލައިޓަށް އަރަނީ (ފޮޓޯ/ އިސްލާމިކް މިނިސްޓްރީ)

މިއަހަރު ރާއްޖެއިން ހައްޖަށް ދާ ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު މި މަހުގެ 26 ވަނަ ދުވަހު ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، މި އަހަރު ރާއްޖެއިން ޙައްޖަށް ދާ ޙައްޖުވެރިން ހަތަރު ފްލައިޓެއްގައި ސަޢުދީ ޢަރަބިއްޔާއަށް ދާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މި އިންތިޒާމުތައް މިހާރު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހަމަޖައްސާފައިވާ ކަމަށެވެ.

ފްލައިޓުތައް ފުރުމަށް ހަމަޖެހިފައިވަނީ، މިނިސްޓްރީން ބުނިގޮތުގައި:     

  • މެއި 26 ގައި 235 ހައްޖުވެރިން
  • މެއި 27 ގައި 257 ހައްޖުވެރިން
  • މެއި 29 ގައި 250 ހައްޖުވެރިން
  • މެއި 30 ގައި 250 ހައްޖުވެރިން

މިނިސްޓްރީން ބުނީ މެއި 27 އަދި 29 ގައި ޙައްޖުވެރިން ދަތުރުކުރާނީ ޤައުމީ އެއާލައިން މޯލްޑިވިއަންގައި ކަމަށެވެ. މިއީ މިނިސްޓްރީން ބުނިގޮތުގައި، އަހަރުތަކެއް ފަހުން ދިވެހިންގެ އަމިއްލަ ޤައުމީ އެއާލައިނުގައި ޙައްޖަށް ދާ އަހަރެވެ.

މިއަހަރު ދިވެހި ޙައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުސަތު ސަޢުދީ ސަރުކާރުން ދެއްވާފައިވެ އެވެ.  މައްކާ ރޫޓު އިނީޝިއޭޓިވްގެ ކަންކަން ތަންފީޒުކުރެއްވުމަށް ސައުދީގެ އިސް ވަފުދެއް ވެސް ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.

އެބޭފުޅުންނާއި ބައްދަލުކުރައްވައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ، މައްކާ ރޫޓު އިނީޝިއޭޓިވްގެ ކަންކަން ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރުގެ ކަމާއި ގުޅޭ ހުރިހާ އިދާރާތަކެއް ގުޅިގެން ފުރިހަަމަ މަސައްކަތްތެެއް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެއިން ބައިވެރިވުމުން ދިވެހި ޙައްޖުވެރިންނަށް އެތައް ލުއިފަސޭހައެއް ލިބިގެންދާނެއެވެ. މައްކާ ރޫޓު އިނީޝިއޭޓިވް ރާއްޖޭގައި ރަސްމީކޮށް ފަށާނީ މި މަހުގެ 26 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު