ENGLISH
18 މޭ 2025
ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ؛ ސަމާލުވޭ!
17 މޭ 2025
|
މާލެއަށް ބޯކޮށް ވާރޭ ވެހެނީ --ފޮޓޯ:އެމްއެމް
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ގުރުގުރުމާއެކު ބޯކޮށް ވާރޭވޭނެ ކަމަށް ލަފާކޮށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު އިލްތިމާސްކޮށްފި އެވެ.
މެޓު އޮފީހުން މިއަދު ބުނެފައިވަނީމ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
އެގޮތުން، މި ވިއްސާރައިގައި ޚާއްސަކޮށް މެދު ރާއްޖެތެރެއާއި އުތުރު އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެހެންވެ، ހުރިހާ ފަރާތްތަކުން ވެސް މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.