ENGLISH

18 މޭ 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ސަރުކާރުން ޖުޑީޝަރީއަކާ ނުކުޅޭނެ: ޑރ. ޚަލީލް

17 މޭ 2025

|

އިސްމާއީލް ރާތިއު

ފޮޓޯ: ޕީއެސްއެމް ނިއުސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޖުޑީޝަރީއަކާ ނުކުޅޭނެ ކަމަށާއި ޢަދުލު އިންސާފާއި ފެއަށް ނުދާނެ ކަމަށް ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ތަޙުޤީޤާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގައިވެސް ޢަމަލުކޮށްފައިވާނީ މި މަގުން ކަމަށެވެ. އަދި މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ޤާނޫނު ނެގެހެއްޓުމަށާއި ޖުޑީޝަރީގެ މިނިވަންކަން ދެމެހެއްޓުމަށް ކަމަށެވެ.

ޑރ. ޚަލީލް މިފަދައިން ވިދާޅުވެފައިމިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ ޒާހިރާއި އުސްތާޛް މަހާޒު ޢަލީ ޒާހިރު ވަކިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު އެކަމުގެ ތެރެއަށް ނުފޫޒު ފޯރުވާ، އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް މައްސަލަ ނިންމަން ކޮމިޝަނުގެ މެންބަރުން ބަދަލުކުރި ކަމުގެ ތުހުމަތު، އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އިދިކޮޅުން ކުރަމުންދާ މި ތުހުމަތުތަކާ ގުޅުވާ، ވަޒީރު ވަނީ އިދިކޮޅު ޕާޓީގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ރާއްޖެ ތަމްސީލުކުރައްވާ ވާހަކަދެއްކެވުމުގަ ޙަޤީޤަތާ ޚިލާފު ވާހަކަ ނުދެއްކެވުމަށާއި ތެދުބަހުން ވާހަކަދެއްކެވުމަށް އިލްތިމާސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު