ENGLISH

17 މޭ 2025

Advertisement

ގަހެއްގައި ކާރަކުން ޖެހި އެކްސިޑެންޓްވުން: ޑްރައިވަރު ފިލި ވާހަކައަކީ ދޮގެއް

16 މޭ 2025

|

އަޙުމަދު ޙަމީދު

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރާ

ގަހެއްގައި ކާރަކުން ޖެހި މިއަދު ހިނގި އެކްސިޑެންޓަށް ފަހު ޑްރައިވަރު ފިލި ވާހަކައަކީ ދޮގެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

މިއަދުގެ އެކްސިޑެންޓް ހިނގީ ހެނދުނު 8:38 ހާއިރު ލޮނުޒިޔާރަތް މަގުގަ އެވެ. އެކްސިޑެންޓްގެ ފަހުން މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

އެކްސިޑެންޓްވީ ކާރު, އެ މަގުގައި ހުރި ގަހެއްގައި ޖެހިގެންނެވެ.

އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓަށް ފަހު ޑްރައިވަރު ފިލަފައިވާ ކަމަށް ދެކެވޭ ވާހަކަ އަކީ ދޮގެއް ކަމަށެވެ. އަދި ކައިރި ހިސާބެއްގައި ކާރު ޕާކު ކުރުމަށް ފަހު ޑްރައިވަރު އެނބުރި ސީނަށް އައިސްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަަމަށް ވެސް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު