ENGLISH

17 މޭ 2025

Advertisement

ތިމާވެށީގެ ހުއްދަތައް ދޫކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް އިންޑަސްޓްރީއާ ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރު: މިނިސްޓަރު

16 މޭ 2025

|

އަޙުމަދު ޙަމީދު

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހީމް ވާހަކަފުޅު ދައްކަވަނީ

ތިމާވެށީގެ ހުއްދަތައް ދޫކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް އިންޑަސްޓްރީއާ ގުޅިގެން މަސައްކަތް ކުރުމަށް ސަރުކާރު އޮތީ ތައްޔާރަށް ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މާޓީ މޯލްޑިވްސް ފޯރަމް 2025 ގެ ޕެނަލް ޑިސްކަޝަނަކަށް ފަހު ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ތިމާވެށީގެ އަސަރުތަކާ ގުޅުންހުރި ޤަވާޢިދުތަކުގެ ގޮންޖެހުންތަކަށް ޙައްލު ހޯދުމާ ބެހޭ ޕެނަލް ޑިސްކަޝަނެކެވެ.

މި ޑިސްކަޝަން ނިންމުމުގެ ގޮތުންް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޠާރިޤް އިބްރާހީމް ވަނީ ތިމާވެށީގެ ހުއްދަތައް ދޫކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި، ޓޫރިޒަމް މިނިސްޓްރީން އިންޑަސްޓްރީއާ ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމުގައި ވިދާޅުވެފަ އެވެ.

އަދި ވިދާޅުވީ މިކަމަކީ ޓޫރިޒަމް ދާއިރާގެ ތަރައްޤީއަށާއި، ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަަމަށެވެ.

މާޓީ މޯލްޑިވްސް ފޯރަމް ގައި ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންނާއި، ޓޫރިޒަމް އިންޑަސްޓްރީގެ އިސްވެރިން ބައިވެރިވެ، ތިމާވެށި ޙިމާޔަތްކުރުމާއި ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެ އެވެ. އަދި މިކަމާ ގުޅުންހުރި ޤަވާޢިދުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް މަގުފަހިކުރުމާއި ގުޅޭގޮތުން ވިސްނުންތައް ހާމަކޮށްފައިވެ އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ބުނީ މިނިސްޓަރު ޠާރިޤް އިބްރާހީމްގެ ބަޔާނަކީ، ސަރުކާރުން ތިމާވެށި ހިމާޔަތް ކުރުމަށް ދޭ އަހައްމިއްޔަތުކަމުގެ ހެއްކެއް ކަމަށެވެ. އަދި މިކަމުގައި އަމިއްލަ ފަރާތްތަކާއި ސަރުކާރު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ބޮޑު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު