ENGLISH
17 މޭ 2025
"ބެލެނިވެރިންގެ ހޮޅުއަށި" ޕްރޮގްރާމު ކާމިޔާބުކަމާއެކު ނިންމާލައިފި
16 މޭ 2025
|
"ބެލެނިވެރިންގެ ހޮޅުއަށި" ޕްރޮގްރާމްގެ ބައިވެރިން
މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން ރޭ ބޭއްވި " ބެލެނިވެރިންގެ ހޮޅުއަށި" ޕްރޮގްރާމު ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
މި ސެޝަންގައި ކާމިޔާބު ބެލެނިވެރިއަކަށް ވުމަށް ނަފްސަށް އަޅާލުމުގެ މުހިންމު ކަމާއި ބެހޭގޮތުން ބެލެނިވެރިންނަށް ވަނީ މައުލޫމާތު ފޯރުކޮށްދީފަ އެވެ.
މި ސެޝަން ކުރިއަށް ގެންދިޔައީ ސޯޝަލް ސެންޓަރުގައެވެ.
މިދިޔަ މަހު ވެސް ބެލެނިވެރިންގެ ހޮޅުއަށީގެ ޕްރޮގްރޭމެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މިގޮތުން އެ ސެޝަންގައި ގޭމިންގެ ނުރައްކާތަކާއި، ސޯޝަލް މީޑިއާގެ ނުރައްކާތަކާއި، ސައިބާ ކްރައިމްތަކާއި، އަދި އެތައް ކަމަކާ ގުޅިގެން އޮންލައިންކޮށް ދަރިފުޅު ރައްކާތެރިކުރަން ދަސްކޮށްކޮށްދިނުމަށް ބެލެނިވެރިންނަށް ވަނީ މައުލޫމާތު ދީފައެވެ.
"ބެލެނިވެރިންގެ ހޮޅުއަށި" ޕްރަގްރާމަކީ ބެލެނިވެރިންނަށް މުހިންމު ތަފާތު މައުޟޫއުތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ މަޤްސަދުގައި ބާއްވާ ސެޝަންތަކެކެވެ.