ENGLISH

16 މޭ 2025

Advertisement

ހަނިމާދޫއާއި ބެންގަލޫރާ ދެމެދު މޯލްޑިވިއަންއިން ދަތުރުތައް ފަށައިފި

16 މޭ 2025

|

ޝިފްޒާން އަޙްމަދު

މޯލްޑިވިއަންއިން ހަނިމާދޫއާއި ބެންގަލޫރުގެ މެދުގައި ދަތުރުތައް ފެށުން، ފޮޓޯ: މޯލްޑިވިއަން

ގައުމީ އެއާލައިން މޯލްޑިވިއަންއިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިޔާގެ އެންމެ ބޮޑު އެއް ސިޓީކަމަށްވާ ބެންގަލޫރަށް ސީދާ ދަތުރުތައް ފަށައިފިއެވެ. 

މޯލްޑިވިއަންއިން މައުލޫމާތު ދިން ގޮތުގައި އެ އެއާލައިނުން ފެށި މި ދަތުރުތައް ކުރަން ހަމަޖެހިފައިވަަނީ ކޮންމެ ހަފުތާއަކު ދެ ދަތުރުގެ މަގުންނެވެ. ދަތުރުތައް އޮންނާނީ އާދީއްތަ އަދި ބުރާސްފަތި ދުވަހުކަމަށް އެ ކުންފުނިން ބުނެއެވެ. 

މި ދަތުރުތަކުގެ ސަބބުން އުތުރުގެ އަތޮޅުތަކުގެ ރައްޔިތުންނަށް މާލެއަށް އައިސް ޓްރާންސިޓުކުރަން ނުޖެހި ސީދާ އުތުރުން އިންޑިޔާއަށް ދަތުރުކުރަން މަގުފަހިވާނެއެވެ. އަދި ދަތުކުރުމަށް ހޭދަކުރަންޖެހޭ ވަގުތުވެސް ކުޑަވެގެންދާނެކަން މޯލްޑިވިއަންއިން ފާހަގަކުރެއެވެ. 

ބެންގަލޫރަކީ ސިއްހީ ބޭނުންތަކަށާއި ތައުލީމާއި ވިޔަފާރިއާއި މުނިފޫހިފިލުވުމަށް ދިވެހިން މިހާރު އެންމެ ގިނައިން ދަތުރުކުރާ މަންޒިލުތަކުގެ ތެރެއިން މަންޒިލެއްކަން ފާހަގަކުރުމާއެކު، ރާއްޖޭގެ އުތުރުަކީ ތާރީހީ ތަރިކައިގެ ގޮތުން މުއްސަނދި، ގުދުރަތީ ރީތިކަމާއި ރަށްވެހިކަމުގެ ގޮތުން ފުރިހަމަ ސަރަހައްދެއްކަމަށް މޯލްޑިވިއަންއިން ބުންޏެވެ. 

މޯލްޑިވިއަންއިން ފާހަގަކުރި ގޮތުގައި އުތުރުގެ އަތޮޅުތަކުގެ ހާއްސަ ސިފަތަކާއެކު އެ އަތޮޅުތަކަށް ދަތުރުކުރަން ބޭނުންވާ އިންޑިޔާގެ ފަތުރުވެރިންނަށް މި ރޫޓުގެ ދަތުރުތައް ފެށުމުން އެ ސިފަތައް ތަޖުރިބާކުރަން ބޭނުންވާ އިންޑިޔާ ފަތުރުވެރިންނަށް އެކަމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ. 

މޯލްޑިވިއަނުން ބުނި ގޮތުގައި،  ކުރިއަށް ތަނުގައިވެސް އެއާލައިންގެ ވިއުގަ އިތުރަށް ފުޅާކޮށް ހިދުމަތްތައް ރަނގަޅުކުރުމަށާއި ދެމެހެއްޓެނެވި ގޮތެއްގައި އެއާލައިންގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ދަތުރުތަކަށް ހުރި ޑިމާންޑު ދިރާސާކޮށް އައު ރޫޓުތައް ތައާރަފުކުރުމުގެ މަސައްކަތް އެ ކުންފުނިން ގަންދާނީ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު