ENGLISH

16 މޭ 2025

Advertisement

މުޖުތަމައުގައި ހުރި ތަފާތުތަކީ ތަަރައްގީއަށް ލިބޭ ބާރެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސް ގޮވާލައްވައިފި

16 މޭ 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް

މުޖުތަމައުގައި ހުންނަ ތަފާތުތަކަކީ އަދި އިޖުތިމާއީ ސިންދަފާތުކަމަކީ ތަރައްގީއަށް ލިބޭ ބާރެއްގެ ގޮތުގައި ބަލައިގަންނަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ސުލްހަވެރިކަމާއެކު ދިރިއުޅުމުގެ ބައިނަލްއަގުވާމީ ދުވަހާ ގުޅިގެން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ. 

ރައީސްގެ މެސެޖުގައި މިދުވަސް ފާހަގަކުރަމުންދާއިރު މުޖުތަމައުތަކުގެ ތެރޭގައި ހުންނަ ތަފާތުތަކީ ސިންދަފާތުކަމަކީ ތަރައްގީއަށް ބާރުދޭ ކަމެއްގެ ގޮތުގައި ބަލައިގަތުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. 

އޭގެ އިތުރަށް އެމަނިކުފާނު ފާހަގަކުރެއްވީ އެންމެންނަށް އެކީގައި ސުލްހަވެރިކަމުގައި ދިރިއުޅެ އެންމެނަށް އުފާ ފާގަތިކަން ލިބޭ، މުޖުތަމައުތަކެއް އުފެއްދުމަށްޓަކައި ތަހައްމަލުކުރުމާއި އެންމެން ބައިވެރިކުރުމުގެ ސަގާފަތު ދިރުވައި އާލާކުރަންޖެހޭ ކަމެވެ. 

"ސުލްހަވެރިކަމާއެކު ދިރިއުޅުމުގެ ދުވަސް ފާހަގަކުރަމުންދާއިރު އަޅުގަނޑުމެންގެ މުޖުތަމައުތަކުގައި ހުރި ތަފާތުތަކާއި ސިންދަފާތުމަކީ ތަރައްގީއަށް ލިބޭ ބާރެއްގެ ގޮތުގައި ބަލައިގަންނަމާ. އަދި އަހަރުމެން މިހާރަށްވުރެ އެއްބައިވަންތަވެ އެންމެންގެ ޝާމިލުވުމާއި ތަހައްމަލުކުރުމުގެ މައްޗަށް އެކުލެވޭ ސަގާފަތު އާލާކޮށް ދިރުވަންޖެހޭ،" ރައީސް ވިދާޅުވިއެވެ. 

ސުލްހަވެރިކަމާއެކު ދިރިއުޅުމުގެ ބައިނަލްއަގުވާމީ ދުވަހަކީ އދ.ގެ ގަރާރު ނަންބަރު 72/130 ގެ ދަށުން ފާހަގަކުރާ ދުވަހެކެވެ. އެ ދުވަސް ފާހަގަކުރަނީ ސުލްހައާއި ތަހައްމަލުކުރުމާއި އެންމެންގެ ޝާމިލުވުމާއި އެއްބަޔަކު އަނެއްބަޔަކުގެ މެދުގައި އޮންނަ ފަހުމުވުމާއި އެއްބައިވަންތަކަން ކުރިއެރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތްކުރުމަށް ބާރުއެޅުމުގެ ނިޔަތުގައެވެ. 

ކިޔުންތެރިންގެ ހިޔާލު