ENGLISH
26 ނޮވެމްބަރު 2024
ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމުގައި ޑީބީއެމްގެ ދައުރު މުހިންމު: ސީއީއޯ
17 ނޮވެމްބަރު 2024
|
ބޭންކުގެ ސީއީއޯ ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އަދި ރައީސް މުޢިއްޒު ސަލާން ކުރައްވަނީ
އެންމެ މަޤްބޫލު
ތަރައްޤީވެފައިވާ ޤައުމަކަށްވުމަށް ރާއްޖެއިން ކުރާ ދަތުރުގައި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) އިން މުހިންމު ދައުރެއް އަދާކުރާނެކަމަށް އެ ބޭންކުގެ ސީއީއޯ ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް ރޭ ވިދާޅުވެއްޖެއެވެ.
ޑީބީއެމް ރަސްމީކޮށް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ ވިދާޅުވީ، ދިވެހިރާއްޖޭގެ އިޤްތިޞާދު އާ އުސްމިންތަކަކަށް ގެންދިޔުމުގައި ޑީބީއެމްއިން މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.
"ރާއްޖެއަށް މާލީ ދަތިތަކާއި ޢިމާރާތްކުރުމުގެ ދާއިރާގައި އިންވެސްޓްމަންޓް މަދުވުންފަދަ ދަތިތައް ދިމާވޭ. އަދި ރާއްޖޭގެ ދަރަނި ވެސް ވަރަށް ބޮޑު. އެހެންނަމަވެސް ޑިވެލޮޕްމަންޓް ބޭންކާއެކު މާލީ ޙާލަތު ރަނގަޅުކޮށް، މަޝްރޫޢުތަކަށް އިންވެސްޓަރުން ހޯދައިދީ ޢިމާރާތްކުރުމުގެ ދާއިރާ ފުޅާކުރެވޭނެ" - ނޮއެލް ގްރެގަރ
ދެހާސް ސާޅީސް ވަނަ އަހަރު އަންނައިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރަށް ވާޞިލްވުމުގައި ޑީބީއެމްއިން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ސީއީއޯ ފާހަގަކުރެއްވިއެވެ.
ޑިވެލޮޕްމަންޓް ބޭންކު އޮފް މޯލްޑިވްސް (ޑީބީއެމް) އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތު
"ޑީބީއެމްއިން ރާއްޖޭގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް އިންވެސްޓްމަންޓް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ. އަދި މިތަނުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެ " - ސީއީއޯ
ސަރުކާރުން ވިދާޅުވާ ގޮތުގައި ޑީބީއެމްއަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ބޭންކެކެވެ.
ޑިވެލޮޕްމަންޓް ބޭންކު އޮފް މޯލްޑިވްސް (ޑީބީއެމް) އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތު