ENGLISH

05 ޖުލައި 2025

Advertisement

ޕީޕީއެމްގެ ސެނެޓްގައި ހިމެނިވަޑައިގެންނެވި ގިނަ އަދަދެެއްގެ ބޭފުޅުން ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެންފި

16 މޭ 2025

|

އަޙުމަދު ޙަމީދު

ޕީޕީއެމްގެ ކުރީގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގަތުން -- ފޮޓޯ: ކޮންގްރެސް ޕާޓީ

މިހާރު އުވިފައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ސެނެޓްގައި ހިމެނިވަޑައިގެންނެވި ގިނަ އަދަދެެއްގެ މެންބަރުން ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އާ މިރޭ ގުޅިވަޑައިގެންފި އެވެ.

އެ މެންބަރުން ކޮންގްރެސްގައި ގުޅިވަޑައިގަތީ މިރޭ ކޮންގްރެސް އޮފީހުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

ކޮންގްރެސް ޕާޓީން ބުނީ ޕީޕީއެމް އުވިގެންދިޔައިރު އެޕާޓީގެ ސެނެޓް މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޕީއެންސީއާއި ގުޅިވަޑައިގަންނަވާ ގިނަ އަދަދެއްގެ މެންބަރުން ރަސްމީކޮށް ޕާޓީއާއި މިރޭ ގުޅިވަޑައިގެންފައިވާ ކަމަށެވެ.

އަދި އެބޭފުޅުންގެ އިޤުރާރު ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ހަވާލު ކުރައްވާފައިވާ ކަމަށެވެ.

ޕީޕީއެމް އުވައިލަން ޖެހޭ ކަމަށް ޕާޓީގެ ތިން ނާއިބު ރައީސުންނާއި ސެކްރެޓަރީ ޖެނެރަލްގެ އިއްތިފާގުން ނިންމުމުން ސެނެޓުން އެ ކަން ފާސްކުރީ ޑިސެންބަރު މަހުގެ ދެވަނަ ދުވަހު އެވެ.

އެ ޕާޓީ އުވާލީ ސަރުކާރު ހިންގަނީ ޕީއެންސީއާ ޕީޕީއެމް ކޯލިޝަނުން ކަމަށްވެފައި ޕީޕީއެމްގެ ވަރަށް ގިނަ މެންބަރުން ޕީއެންސީއާ ގުޅެމުންދާތީ ސިޔާސީ ހަރަކާތްތައް ވަކީން ހިންގުމުގެ ބޭނުމެެއް އޮތް ކަމަށް ނުފެންނާތީ އެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުގެމަތިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމައި، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް އިލެކްޝަން ކޮމިޝަނަށް ހުށައެޅުމުން ބަލަން ޖެހޭ ކަންކަން ބަލާ ހުރިހާ އިޖުރާޢަތްތައް ފުރިހަމަ ކުރުމަށް ފަހު އެ ޕާޓީ ރަސްމީކޮށް އުވާލާ އިލެކްޝަންގެ ދަފްތަރުން ޕީޕީއެމް އުނިކުރީ މި އަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު