ENGLISH

05 ޖުލައި 2025

Advertisement

ކޮންގްރެސްގެ ނާއިބު ރައީސުންނަށް މިނިސްޓަރު ޣައްސާން އާއި ޝިޔާމް

15 މޭ 2025

|

އަޙުމަދު ޙަމީދު

މިނިސްޓަރު ޣައްސާން އަދި މިނިސްޓަރު ޝިޔާމް

ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނާއިބު ރައީސްގެ މަޤާމަށް ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ހަމަޖައްސަވައިފި އެވެ.

އެ ދެ ބޭފުޅުން އެ މަޤާމަށް ހަމަޖެެެއްސެވީ މިރޭ އޮތް ކޮންގްރެސް ޕާޓީގެ ސެނެޓް ބައްދަލްވުމުގަ އެވެ.

މިރޭ އޮތް ސެނެޓް ބައްދަލްވުމުގެ ކުރީން މިހާރު އުވާލާފައިވާ ޕީޕީއެމްގެ ސެނެޓްގެ ވަރަށް ގިނަ އަދަދެއްގެ ސެނެޓަރުން ވަނީ ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.

ސެނެޓްގެ ބައްދަލްވުމުގައި މިނިސްޓަރު ޣައްސާން އާއި މިނިސްޓަރު ޝިޔާމް، ކޮންގްރެސްގެ ނާއިބު ރައީސުންގެ މަޤާމަށް އައްޔަނު ކުރެއްވުމަށް ހުށައެޅުއްވީ ކޮންގްރެސްގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.

ކޮންގްރެސްގެ ސެކްރެޓަރީ ޖެނަރަލް މުއާޒް ޙަލީމް އެމްއެމްޓީވީއަށް މައުލޫމާތު ދެއްވަމުން މިރޭ ވިދާޅުވީ ރައީސްގެ އެ ހުށައެޅުއްވުމާއި ގުޅިގެން ސެނެޓްގެ ފުރިހަމަ ތާޢީދާ އެކު ސެނެޓުން އެ ހުށައެޅުން ފާސް ކުރައްވާފައިވާ ކަމަށެވެ.

އެ ހުށައެޅުން ފާސްކުރީ ސެނެޓްގެ 123 މެންބަރުންގެ އިއްތިފާޤުންނެވެ.

ކިޔުންތެރިންގެ ހިޔާލު