ENGLISH
05 ޖުލައި 2025
ޤައުމީ ފެންވަރުގައި މި އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ހޮވުނު ރަށްތައް ކަނޑައަޅައިފި
15 މޭ 2025
|
މާލޭގައި ޢީދު ފާހަގަ ކުރުން -- މިހާރުގެ ފޮޓޯއެއް
ނިމި ދިޔަ އަހަރެކޭ އެގޮތަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ގުޅިގެން ޤައުމީ ފެންވަރުގައި މި އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރާ ރަށްތައް ކަނޑައަޅައިފި އެވެ.
ބަހާ ބެހޭ ވުޒާރާއިން ބުނީ މި އަހަރު އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ހޮވުނު ރަށްރަށަކީ މި ހަރަކާތައް ޝައުޤުވެރިކަން ފައުޅުކޮށް, ޕްރޮޕޯސަލް ހުށަހެޅި ރަށްތަކުގެ ތެރެއިން "ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު" ގެ ދަށުން އެންމެ ގިނަ ޕޮއިންޓް ލިބިފައިވާ ރަށްރަށް ކަމަށެވެ.
އެ ގޮތުން އެންމެ މަތިން ޕޮއިންޓް ލިބި, 1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ސަރުކާރުން ނިންމާފައިވާ ރަށްތަކަކީ ތިލަދުންމަތީ އުތުރުބުރީ ކެލާ, މާލެ އަތޮޅު ގުރައިދޫ, އަދި ހައްދުންމަތީ ގަމެވެ.
ބަހާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި މީގެ އިތުރަށް ހުޅުމާލޭގައި ކުޑަކުދީންނާއި އާއިލާތަކަށް ޚާއްޞަކޮށް ވަރަށް ޝައުޤުވެރި ހަރަކާތްތަކެއް ކުރިޔަށް ދާނެއެވެ.
ސަރުކާރުގެ އަމާޒަކީ މި ފަދަ ކޮންމެ ކުލަގަދަ ޢީދަކީ ވެސް އިސްލާމީވަންތަ، އަދި ދިވެހީންގެ މުއްސަނދި ސަގާފަތް ދިރުވައި އާލާކުރެވޭ, ދިވެހީންގެ މެދުގައިވާ އެއްބައެއްވަންތަ ވިސްނުން ތަރައްޤީ ކުރާނޭ އުފާވެރި އިޙްތިފާލުތަކަށް ހެދުން ކަމަށް ވެސް ބުންޏެވެ.
އެގޮތުން މި އަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ނިންމާފައިވާ ރަށްރަށުގައި ކުރިއަށް ގެންދާ ހަރަކާތްތައް ވިލަރެސްކުރުމުގައި މި މިންގަނޑުން ބަލާނޭ ކަމުގައި ބަހާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.
މުސްލިމުންގެ ދެ ޢީދު ކުލަގަދަކޮށް ފާހަގަ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް އިސްކަން ދެއްވާ ކަމެކެވެ. މާލެ ސިޓީގައި ވަރަށް ކުލަގަދަކޮށް ޢީދު ފާހަގަ ކުރައްވަން ފެއްޓެވީ ވެސް ރައީސް މުޢިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު އެވެ.