ENGLISH

05 ޖުލައި 2025

Advertisement

މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލައިފި

15 މޭ 2025

|

އުމްނާ އިސްމާޢީލް

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން

އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅުވައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ މައްޗަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކާއެކު ބޭރުކޮށްލައިފި އެވެ.

އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުން ސޮއިކުރައްވާ ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގެންނެވުމަށް މިނިސްޓަރު އަމީން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ހާޒިރުވެވަޑައިގެންފަ އެވެ.

މީޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު ހާދިސާގައި އަމީން އާއި އާއިލީ ގޮތުން ގުޅުން އޮންނަ ބަޔަކު ހިމެނޭއިރު، މި މައްސަލައިގައި އެމީހުންގެ މަސްހަލަތު ހިމާޔަތްކޮށް ޖީނާއީ ތަހުގީގަކަށް ނުފޫޒު ފޯރުވަން އުޅޭކަމުގެ ތުހުމަތު އެމްޑީޕީން ވަނީ މިނިސްޓަރުގެ މައްޗަށް ކޮށްފަ އެވެ. އެ ހުރިހާ ތުހުމަތުތަކެއް ވަޒީރު ވަނީ މިއަދުގެ ޖަލްސާއަށް ވަޑައިގެން އިންކާރުކުރައްވާފަ އެވެ. އެ ހުރިހާ ތުހުމަތުތަކަކަށް ވަޒީރު ވަނީ އިންކާރުކުރައްވާފަ އެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ:

  • ހާދިސާ ހިނގީ އެގޭގައި ވަޒީރުގެ ގޭގައި ނޫންކަން އެނގެން އެބައޮތް ކަމަށް
  • އެތަނުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ހިންގާފައިވާ ކަމަށް އެއްވެސް އިދާރާއަކުން ނިންމާފައި ނުވާ ކަމަށް
  • މިނިސްޓަރުގެ ގޭގެ މައުލޫމާތު ހާމަކުރުމަކީ ފުލުހުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށް
  • ވަކި ބައެއްގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ފުލުހުންނަށް އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާ ކަމަށް؛ އަދި ނުފޫޒު ފޯރުވަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް

މި މައްސަލައާ މެދު މިއަދު ނެގުނު ވޯޓުގައި މިނިސްޓަރުގެ މައްޗަށް އިތުބާރު އޮތް ކަމަށް 54 މެމްބަރުން ވޯޓު ދެއްވި އެވެ. މިނިސްޓަރުގެ މައްޗަށް އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ އެންމެ 11 މެމްބަރުން ނެވެ. އެއާއެކު އެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު