ENGLISH

05 ޖުލައި 2025

Advertisement

އޭޖީ އޮފީސް ސިވިލް ސާވިސް އިން ވަކިކުރާ ބިލު ފާސްކޮށްފި

15 މޭ 2025

|

އުމްނާ އިސްމާޢީލް

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް (ފޮޓޯ/ ރައީސް އޮފީސް)

އެޓާނީ ޖެނެރަލް އޮފީސް، ސިވިލް ސާވިސް ކޮމިޝަނުން ވަކިކޮށް ވަކި ހިދުމަތެއްގެ ގޮތުގައި ހެދުމަށްޓަކައި ސަރުކާރުން ހުށަހެޅި "އެޓާނީ ޖެނެރަލްގެ އޮފީހުގެ" ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުالله ރިފާއު (ބޮޗޭ) ހުށަހެޅުއްވި އެ ބިލު ދިރާސާކޮށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓު ފާސްކޮށްފައިވަނީ 64 މެމްބަރުންގެ ވޯޓާ އެކު އެވެ.

މި ބިލުގެ ވޯޓު މިއަދުގެ ޖަލްސާއަށް އެޖެންޑާކުރެވުނީ އިއްޔެ އެ ބިލު އަނބުރާ ކޮމިޓިއަށް ފޮނުވާލުމަށް ތަޅުމުން އިއްޔެ ނިންމުމުން ނެވެ. އެގޮތަށް މެމްބަރުން ނިންމެވީ ބިލު އިތުރަށް ފުރިހަމަކުރަންޖެހޭ ކަމަށް ވިދަޅުވެ އެވެ. އެ ބިލުގެ ކަންކަން ފުރިހަމަކުރުމަށްފަހު ކޮމިޓީން އެ ބިލު އަނބުރާ ތަޅުމަށް ފޮނުވީ މިއަދުގެ ޖަލްސާއަށެވެ.  

ސިވިލް ސާވިސްގެ ދަށުން ހިންގަމުންދާ އޭޖީ އޮފީހަށް ފަންނީ މުވައްޒަފުން ހޯދުމަށާއި މުސާރައިގެ ކުރިއެރުން ލިބުން ދަތިވުމުގެ ޝަކުވާތައް ހައްލުކުރުމަށްޓަކައި ހުށަހެޅި މި ބިލާއެކު، އޭޖީ އޮފީސް ދެން ހިނގަމުންދާނީ ސިވިލް ސާވިސްގެ އޮނިގަނޑުން ބޭރުން ވަކި ޚިދުމަތެއްގެ ގޮތުގަ އެވެ. މިއީ މިސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ބައެކެވެ.

މި ބިލާއެކު ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ދެ ބަޔަކަށް ބަހާލެވޭނެ އެވެ. އެއީ ލީގަލް ސާވިސް ބަޔާއި އެޑްމިނިސްޓްރޭޓިވް ސާވިސްގެ ބައެވެ.

އެއީ ގާނޫނީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި އައްޔަންކުރާ އެ ދާއިރާގެ ފަންނީ މުވައްޒަފުންގެ ބަޔާއި އެޑްމިނިސްޓްރޭޓިވް ސާވިސްގެ މުވައްޒަފުންގެ ގިންތީގައި ހިމެނޭ އެ އޮފީހުގެ ލީގަލް ޑިޕާޓްމަންޓްގެ އިދާރީ ހިންގުމާއި އޮފީހުގެ އާންމު އިދާރީ ހިންގުމުގެ މަގާމުތަކަށް އައްޔަންކުރާ މުވައްޒަފުންގެ ބައެވެ.

ކިޔުންތެރިންގެ ހިޔާލު