ENGLISH
05 ޖުލައި 2025
ޖޫރިމަނާތައް ބޮޑުކުރުމަށް ނިންމައި ގޭންގު ބިލު ފާސްކޮށްފި
15 މޭ 2025
|
ދިވެހި ފުލުހުން (ފޮޓޯ/ ވޮއިސް)
އިންތިޒާމްވެގެން ކުށް ކުރާ ގްރޫޕެއް ނުވަތަ ގޭންގުތަކުން ހިންގާ ކުށްތަކަށް
ކަނޑައަޅާފައިވާ ޖޫރިމަނާގެ އެންމެ ކުޑަ އަދަދު ބޮޑުކުރުމަށް ނިންމައި، ސަރުކާރުގެ
ފަރާތުން ހުށަހަޅާފައިވާ" ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް
ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު" ފާސްކޮށްފި އެވެ.
މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޞްޠަފާ ޙުސައިން ހުށަހެޅުއްވި މި ބިލު ދިރާސާކުރުމަށްފަހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓަށް މިއަދުގެ ޖަލްސާގައި ވަނީ ވޯޓަށް އަހާފައެވެ. ކޮމިޓީން ގެނައި އިސްލާހުތަކާއެކު މުޅި ބިލު ފާސްކުރީ 55 މެމްބަރުންގެ ވޯޓާ އެކު އެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ 11 މެމްބަރުން ވެސް ތިއްބެވި އެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ރާއްޖޭގައި ގޭންގުތަކުން ހިންގަ ކުށްތައް އެނޫންވެސް އާއްމު ރައްޔިތުންނަށް ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހިންގާ ނުރައްކާތެރި އަދި ބޮޑެތި ކުށްތަކުން ރައްޔިތުންނާއި މުޖުތަމައު ރައްކާތެރިކުރުމަށްޓަކައި ކަމާގުޅޭ ތަފްސީލީ ގާނޫނީ އޮނިގަނޑެއް ތަންފީޒުކުރުމަށް މަގުފަހިކުރުމެވެ. އެގޮތުން މި ބިލުގައި:
ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރިޔާރެއް ބޭނުންކޮށްގެން ހިންގާ އަމަލުތަކަށް ދިގު ޖަލު ހުކުމްތަކާ އެކު ބޮޑެތި ޖޫރިމަނާތއް ވަނީ ކަނޑައަޅާފަ އެވެ. އެއީ:
މީހަކު މަރާލައިފިނަމަ، ބިލުގައި ކަނޑައަޅާފައި ވަނީ މިހާރު ވެސް އޮންނަ ގޮތަށް މަރުގެ އަދަބެވެ. ނުވަތަ މަރުގެ ދިޔަ ދައްކާނަމަ، 25 އަހަރަށް ޖަލަށްލުމެވެ. ޖޫރިމަނާ ކުރެވޭ ގޮތަކަށް ނޯވެ އެވެ.
މި ބިލު ދިރާސާކުރިއިރު ކޮމިޓީ މަރުހަލާގައިި ވަނީ ކުށްތަކަށް ކަނޑައަޅާފައިވާ އަދަބުތަކާއި ޖޫރިމަނާގެ އަދަދުތައް އެއްވަރުކުރުމަށް ބަދަލު ގެނެސްފަ އެވެ. ޖޫރިމަނާގެ އެންމެ ކުޑަ އަދަދުގެ ގޮތުގައި ސަރުކާރުން ހުށަހެޅި ވަރު، ކޮމިޓީން ވަނީ ބޮޑުކޮށްފަ އެެވެ.
ބައެއް ބަދަލުތައް
އިންތިޒާމްވެފައިވާ ކުށް ކުރާ ގްރޫޕެއް ނުވަތަ "ގޭންގެއް" އުދެއްދުމުގެ ކުށަށް ވެސް ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ވަނީ ހިމަނާފަ އެވެ. އެގޮތުން، ސަރުކާރުން އެ ކުށަށް 25 އަހަރު ދުވަހުގެ ޖަލުހުކުމަކާއެކު 2 ލައްކަ ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށް ހުށަހެޅި އެވެ. ކޮމިޓީން ގެނައި ބަދަލާއެކު އެ ކުށް ކުރާ މީހާ 25 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމާއެކު 3 މިލިއަންއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. ގޭންގެއް އުފެއްދުމަށް އުޅުން، ނުވަތަ އެކަމުގައި އެހީތެރިވުމުގެ ކުށުގެ ޖޫރިމަނާއަށް 1 ލައްކަ ރުފިޔާއާއި 5 މިލިއަން ރުފިޔާގެ އަދަދެއް ވަނީ ކަނޑައަޅާފަ އެވެ.
މި ބިލުގައި ހިމަނާފައިވާ މުހިއްމު އިސްލާހުތަކުގެ ތެރޭގައި ގާނޫނީ ޝަހުސަކުން މި ބިލުގައި ކަޏޑައަޅާފައިވާ ކުށެއް ކުރީ ގާނޫނީ ޝަހުސެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރެއް ނުވަތަ އެ ޝަހުސު ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ މީހެއްގެ ރުހުމަކާ އެކު ނުވަތަ އެއިން މީހަކަށް އެނގިހުރެކަމުގައު ވާނަމަ، އެކަމެއް ކުރި މީހާއާއި އެމީހަކު ނިސްބަތްވާ ގާނޫނީ ޝަހުސު ވެސް ކުރަނީ ކުށެއް ކަމަށް ކަނޑައެޅުން ހިމެނެ އެވެ.
މި ކުށުގެ އަދަބަކީ 1 މިލިއަން ރުފިޔާއާއި 100 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. އެފަދަ ކުށެއް ކުރިކަން ސާބިތުވެއްޖެ ނަމަ އެ ގާނޫނީ ޝަހުސެއް އުވާލުމަށް ކޯޓުން އަމުރުކުރަން ޖެހޭނެ ކަމަސް ވެސް ވެ އެވެ.