ENGLISH
05 ޖުލައި 2025
93 މެންބަރުންނަށް ވުރެ އިތުރު ނުވާނެ ގޮތަށް ޤާނޫނުއަސާސީ އަށް އިސްލާހު ހުށަހަޅަނީ
15 މޭ 2025
|
ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ރެޕްރެޒެންޓޭޝަން އިތުރު ކުރުން މުހިންމު ނަމަވެސް، 93 މެމްމަރުންނަށްވުރެ އިތުރުނުކުރުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ "ރައްޔިތުންނާ އެކު" ޕޯޑްކާސްޓުގެ 6 ވަނަ އެޕިސޯދުގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވެފައި ވަނީ މެމްބަރުން އިތުރުވުމުން ރެޕްރެޒެންޓޭޝަން އިތުރުވިޔަސް 93 މެމްބަރުންނަށް ވުރެ އިތުރުނުވާނުގޮތަށް ގާނޫނުތަކަށް ބަދަލްގެނައުމަށް ވިސްނާކަމަށެވެ.
"93 މެމްބަރުންނަށް އިތުރުވެފައި މިއޮތީ އެހެންވީމަ އަޅުގަންޑު މި ހުށަހަޅާ އިސްލާހަކީ އެހިސާބަށް ދެން ހިންގާށޭ އިތުރު ނުވާނެ ގޮތަށް ގާނޫނަށް ބަދަލު ގެންނަން."
ރައީސް އިތުރަސް ވިދާޅުވީ އެމަނިކްފާނަށް ގަބޫލުކުރެވޭ ގޮތުގައި ރައްޔިތުންވެސް އެންމެ ބޮދަށް ބޭނުންވާނީ މި އަދަދު އިތުރު ނުވާންކަމަށެވެ. އަދި މިހާރު ވެސް މާބޮޑަށް އިތުރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.