ENGLISH

05 ޖުލައި 2025

Advertisement

ފަހިކަމާއި ދަތިކަމުގައި ވެސް، ޢާއިލީ ގުޅުންތައް ދެމެހެއްޓުމަކީ ދިރިއުޅުމުގެ އެންމެ ބޮޑު ކާމިޔާބީ: މެޑަމް ސާޖިދާ

15 މޭ 2025

|

ހަސަން އާމިރު

އުފަލާއި ހިތާމައިގާ، ފަހިކަމާއި ދަތިކަމުގައި ވެސް، ޢާއިލީ ގުޅުންތައް ދެމެހެއްޓުމަކީ ދިރިއުޅުމުގެ އެންމެ ބޮޑު ކާމިޔާބީ ރައީސުލުމްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ އާއިލާތަކުގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ޢާއިލާތަކަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގަ އެވެ.

މެޑަމް ސާޖިދާ ވިދާޅުވީ ޢާއިލީ ލޯތްބަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތް ކަމަށެވެ.

ދިވެހި ޢާއިލާތަކަށް ބަދަހިކަމާއި ހަމަޖެހުން މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމުން، މި އުފާވެރި ދުވަހު މަރްޙަބާއާއި ތަހުނިޔާ އެކަމަނާ ވަނީ ތަކުރާރު ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު