ENGLISH

05 ޖުލައި 2025

Advertisement

ދިވެހި ޢާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުން ފަސޭހަވީ ވަރަކަށް ޤައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާވާނެ: ރައީސް

15 މޭ 2025

|

ޢަލީ ޝަހީމް

މިއަހަރުގެ ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތަކުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ދިވެހި ޢާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ޤައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާ ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާން މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ އާއިލާތަކުގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ޢާއިލާތަކަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގަ އެވެ.

ރައީސް ވިދާޅުވީ އިސްލާމްދީން އެންމެ ބޮޑު އިސްކަމެއް ދެނީ އާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށް ކަމަށެވެ. 

"ޢާއިލާތަކުގެ ބައިނަލްއަޤްވާމީ ދުވަހު، ދިވެހި ކޮންމެ ޢާއިލާއަކަށް އަޅުގަނޑު އެދެނީ ފަހިކަމާއި ފާގަތިކަމަށް." - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 15 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އާއިލާތަކުގެ ދުވަހެވެ. ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މީސްމީޑިއާގައި ރައީސް ކުރެއްވި ޕޯސްޓުގައި ވަނީ ދިވެހި ކޮންމެ އާއިލާއަކަށް ފަހިކަމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ. 

"ދިވެހި ކޮންމެ ޢާއިލާއަކަށް ފާގަތި ދުވަސްތަކެއް ހޯދައި ދިނުމުގައި މާތް ﷲ ނަޞްރާއި ކާމިޔާބީ މިންވަރު ކުރައްވާށި. އާމީން" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

އާއިލާތަކުގެ ދުވަސް ދުނިޔޭގައި ރަސްމީކޮށް ފާހަގަކުރަން ފެށީ 1993 ވަނަ އަހަރު އދ. ގެ ފަރާތުންނެވެ. 

މިއަދު އާއިލާތަކުގެ ދުވަސް ފާހަގަކުރަމުންދާއިރު، އާއިލާތަކުގެ ފުދުންތެރިކަމާއި ދުޅަހެޔޮކަން އިތުރުކުރުމަށް ސަރުކާރުން އަންނަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު