ENGLISH

05 ޖުލައި 2025

Advertisement

ދުއްވަމުން ފޯނު ބޭނުންކުރި މައްސަލާގައި ޖޫރިމަނާކޮށް ސައިކަލު ޓޯ ކޮށްފި

14 މޭ 2025

|

އަޙުމަދު ޙަމީދު

ދިވެހި ފުލުހުންގެ އިދާރާ

ދުއްވަމުން ފޯނު ބޭނުންކުރި މައްސަލާގައި ޖޫރިމަނާކޮށް ސައިކަލު ޓޯ ކޮށްފި އެވެ.

ސައިކަލު ދުއްވަމުން ފޯނު ބޭނުންކުރާ މަންޒަރު ފެންނަ ވީޑިއޯ ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފަ އެވެ. އެ މީހާގެ ފަހަތުގައި އަންހެނަކު އިނދެ އެވެ. އޭނާ ދިޔައީ ބާރު ސްޕީޑްގައި ސައިކަލު ދުއްވަމުން ފޯނުން އެއްޗެއް ބަލަމުންނެވެ.

ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ސައިކަލު ދުއްވަމުން ފޯން ބޭނުންކުރާ މަންޒަރު ފެންނަ ވީޑިއޯ އާ ގުޅިގެން އެ މައްސަލަ ބެލުމަށް ފަހު، ސައިކަލު 30 ދުވަހުގެ މުއްދަތަށް ޓޯކޮށް، 2000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ސައިކަލް ދުއްވި މީހާ ލައިސަންސް ވަނީ ހިފަހައްޓާފައި ކަމަށެވެ.

ފުލުހުން ވަނީ ތިމާ އާއި، މަގު ބޭނުންކުރާ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޓްރެފިކް ޤަވާޢިދުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއްކަން ހަނދާން ކޮށްދީފަ އެވެ.

ޤަވާއިދާ ޚިލާފަށް ސައިކަލާއި ކާރު އަދި އެ ނޫން ވެހިކަލް ދުއްވާ މީހުން ހުއްޓުވުމަށް ފުލުހުން ޚާއްސަ މަސައްކަތްތަކެއް ކުރެ އެވެ. އަދި އެފަދަ އަމަލެއް ހިންގަނިކޮށް ވީޑިއޯ ނަގާ އާންމުކޮށްފިނަަމަ އެކަމެއް ފުލުހުންގެ ސަމާލު ކަމަށް އައުމާ އެކު މައްސަލަ ބަލާ ފިޔަވަޅު އަޅަ އެވެ.

ކިޔުންތެރިންގެ ހިޔާލު