ENGLISH
05 ޖުލައި 2025
ބޭންކުތަކަށް 858 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް، ޓެކުހުގެ ގޮތުގައި 306 މިލިއަން ރުފިޔާ
14 މޭ 2025
|
ބޭންކް އޮފް މޯލްޑިވްސް
މި އަހަރުގެ ފުރަތަމަ ކުއާޓާގައި ދިވެހިރާއްޖޭގެ ބޭންކުތަކަށް ސާފު ފައިދާގެ ގޮތުގައި 858 މިލިއަން ރުފިޔާ ލިބިފައިވާކަން އަދި ވިޔަފާރީގެ އާމްދަނީން ޓެކުހުގެ ގޮތުގައި ބޭންކުތަކުން 306 މިލިއަން ރުފިޔާ ދައްކާފައިވާކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭއިން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިންޓަރެސްޓުގެ އާމްދަނީގެ ގޮތުގައި ބޭންކުތަކަަށް އަހަރުގެ ފުރަތަމަ ތިން މަސްދުވަހު 1.5 ބިލިއަން ރުފިޔާ ލިބުނެވެ. އެއިން އިންޓަރެސްޓު ހަރަދުތަކަށް ހޭދަވި 357.2 މިލއިަން ރުފިޔާ އުނިކުރުމުން، އިންޓަރެސްޓުގެ ގޮތުގައި ސާފު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާއެވެ.
އިންޓަރެސްޓު ނޫން އެހެނިހެން ގޮތްގޮތުން 766.7 މިލިއަން ރުފިޔާގެ އާމްދަނީއެއް ބޭންކުތަކަށް ލިބުނުއިރު އެއިން ފީތަކާއި ކޮމިޝަނުގެ ގޮތުގައި ލިބުނީ 656.1 މިލިއަން ރުފިޔާއެވެ. މާލީ އެކި އިންސްޓްރޫމެންޓުތަކުން 79.3 މިލިއަން ރުފިޔާ އަދި އެހެނިހެން އާމްދަނީގެ ގޮތުގައި 31.3 މިލިއަން ރުފިޔާ ލިބުނެވެ.
ޖުމްލަ އާމްދަނީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ބޭންކުތަކަށް ފުރަތަމަ ކުއާޓާގައި ލިބުނުއިރު، އިންޓަރެސްޓު ހަރަދުތައް ފިޔަަވައި އިތުރު ހަރަދުތަކަށް 722.5 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ.
ހިންގުމުގެ ހަރަދުތައް އުނިކުރުމަށްފަހު ޓެކުސް ދެއްކުމުގެ ކުރިން އާމްދަނީއެއްގެ ގޮތުގައި ބޭންކުތަކަށް 1.1 ބިލިއަން ރުފިޔާ ލިބުނެވެ. އެއިން އާމްދަނީ ޓެކުހުގެ ގޮތުގައި ބޭންކުތަކުން ދައްކާފައިވަނީ 306.6 މިލިއަން ރުފިޔާއެވެ. އެހެންކަމުން ހިންގުމުގެ ހަރަދުތަކާއި ޓެކުހަށްފަހު ފައިދާގެ ގޮތުގައި ބޭންކުތަކަށް ލިބުނީ 858.9 މިލިއަން ރުފިޔާައެވެ.
ބޭންކުތަކަށް އެކަށީގެންވާ ފައިދާއެއް ފުރަތަަމަ ތިން މަހުގެ ތެރޭގައި ލިބިފައިވާއިރު، ބޭންކުތަކުން އަމިއްލަ ވިޔަފާރިތަކަށް ދޫކުރި ފައިސާގެ އަދަދުވެސް އިތުރުވެފައިވެއެވެ.