ENGLISH
05 ޖުލައި 2025
ކޮންގްރެސްގެ ހަރުގެ ޖަލްސާ މިރޭ، ފޯރިގަދަވާނެ
14 މޭ 2025
|
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވާ ބޭފުޅުން
ސަރުކާރު ހިންގާ މައި ޕާޓީ -- ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ހަރުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ނިންމައިފި އެވެ.
އެ ޕާޓީން ބުނީ މިރޭ 9:00 ގައި އޮންނަ ޖަލްސާ ވަރަށް ފޯރިގަދަވާނެ ކަމަށެވެ. މިރޭގެ ޖަލްސާގައި އެ ޕާޓީގެ ސިޔާސަތުތަކާއި ސަރުކާރުން ކުރިއަށް ގެންދާ ތަފާތު މަސައްކަތްތަކާއި ގުޅޭގޮތުން ވަޒީރުންނާއި މަޖިލީސް މެންބަރުން ވާހަކަ ދައްކަވާނެ ކަމަށް ވެސް ބުންޏެވެ.
މިރޭގެ ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި މާފަންނު ދެކުނު ދާއިރާާގެ މެންބަރު އަބްދުﷲ ރިފާޢު އާއި ފޭދޫ ދާއިރާގެ މެންބަރު އިބްރާޙިމް ދީދީ އާއި ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ވާހަކަ ދައްކަވާނެ އެވެ.
މި ޖަލްސާގައި އެ ޕާޓީގެ ވީހާވެސް ގިނަ މެންބަރުން ބައިވެރިވުމަށް އެދިފައިވެ އެވެ.
ރާއްޖޭގައި އޮތް އެންމެ މެންބަރުންގެ ގިނަ ޕާޓީ އަކީ ކޮންގްރެސް ޕާޓީ އެވެ. އެ ޕާޓީގައި 70,000 އާ ގާތް ކުރާ އަދަދަކަށް މެންބަރުން އެބަތިއްބެވެ.