ENGLISH
05 ޖުލައި 2025
ނަޒީރުގެ މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު މިރޭ އިޝާ ނަމާދަށްފަހު އޮންނާނެ
14 މޭ 2025
|
މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ނަޒީރު، ފޮޓޯ: ގޫގްލް
ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ނަޒީރުގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރުން މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޮންނާނެކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާިން ބުނެފައިވަނީ މިރޭ އިސްލާމީ މަރުކަޒުގައި ނަޒީރުގެ މައްޗަށް ކަށުނަމާދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ
ނަޒީރު އަވަހާރަވީ އާލާސްކަންފުޅަކަށް ފަރުވާހޯއްދަވަމުންދަނިކޮށް އިނގިރޭވިލާތުގައި މި މަހުގެ 10 ވަނަ ދުވަހުއެވެ. އޭނާ ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގައެވެ.
ރާއްޖޭގެ ފަތުރުވެރިކަން ފެށިގެންއައި ދުވަސްވަރު ރާައްޖެއަށް ޓޫރިސްޓުން ގެންނެވުމަށް "ސަންލޭންޑް ޓުއާސް"ގެ ނަމުގައި ކުންފުންޏެއް ފެއްޓެވި ނަޒީރަކީ ފަތުރުވެރިން ރާއްޖެއަށް ގެނައުމުގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަަޑައިގަންނަވާ ބޭފުޅެކެވެ.
އޭގެ ފަހުން ގާއިމުކުރެވުނު "ސަންލޭން ހޮޓެލްސް" ކުންފުނީގެ ދަށުން ހިންގާ "ކޮކޯ ކަލެކްޝަން ރިޒޯޓް ބްރޭންޑްސް"ގެ ޑިރެެކްޓަރުކަންވެސް ކުރައްވާ ނަޒީރަކީ މާކެޓިން ދާއިރާގައިވެސް ވަރަށް ފުންނާބުއުސް އެ ދާއިރާގެ ވަރަށް ބޮޑު ތަޖުރިބާކާރެކެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީއަކީ ނަޒީރުގެ އެއްބަނޑު އެއްބަފާ ބޭފުޅެކެވެ.