ENGLISH

05 ޖުލައި 2025

Advertisement

ކުޑަކުއްޖަކަށް ޓީޗަރަކު ޖިސްމާނީ އަނިޔާކުރި މައްސަލައެއް ބަލަނީ

14 މޭ 2025

|

ޝިފްޒާން އަޙްމަދު

އައްޑޫ ސިޓީގައި ކުޑަކުއްޖަކަށް އނިޔާކުރި މައްސަލަ ހުށަހެޅުނީ މި މަހުގެ 12 ވަނަ ދުވަހު

އައްޑޫ ސިޓީގައި ކުޑަކުއްޖެއްގެ ގައިގައި ޓީޗަރަކު ޖަހައި ޖިސްމާނީ އަނިޔާކުރި މައްސަލައެއް ފުލުހުންގެ ހިދުމަތުން ބަލަން ފަށައިފިއެވެ. 

ފުލުހުންގެ ހިދުމަތުން މީޑިޔާއަށް މައުލޫމާތު ދެއްވި ގޮތުގައި މި މައްސަލައަކީ އަައްޑޫ ސުކޫލެއްގެ ޓީޗަރަކު އެ ސްކޫލުގައި ކިޔަވާ ދަރިވަރެއްގެ ބޮލުގައި ދަގަނޑު ފުޅިއަކުން ޖެހިކަމަށް ބުނާ މައްސަލައެކެވެ. 

އައްޑޫ ސިޓީގެ ސުކޫލެއްގެ ޓީޗަރަކު ދަރިވަަރެއްގެ ގައިގައި ޖެހިކަމަށް ބުނާ މައްސަލަ ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން އެ އިދާރާއިން އަންނަނީ ބަލަމުންނެވެ. 

މި މައްސަލައާ ގުޅިގެން އެ ކުއްޖާގެ އާއިލާއިން ބައެއް މީޑިޔާއަށް މައުލޫމާތު ދިން ގޮތުގައި އެ ޓީޗަރު ކުއްޖާގެ ބޮލުގައި ޖެހީ ފެންބޯން ބޭނުންކުރާ ދަގަނޑު ފުޅިއަކުންނެވެ. އެ ކުއްޖާއަކީ ސިކުނޑީގެ އޮޕަރޭޝަނެއް ކުރިން ކޮށްފައިވާ ކުއްޖެއް ކަމަށް އާއިލާއިން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު