ENGLISH

05 ޖުލައި 2025

Advertisement

ދާންމަތިވެފައި ތިބޭ އިސްރަށްވެހިން ގާތަށް ޒިޔާރަތްކުރުމުގެ ޕްރޮގުރާމެއް ފަށައިފި

14 މޭ 2025

|

ޝިފްޒާން އަޙްމަދު

ދާންމަތިވެފައި ތިބިއ އިސްރަށްވެހިން ކައިރިއަށް ޒިޔާރަތްކުރުމުގެ ޕްރޮގުރާމުގެ ތެރެއިން، ފޯޓޯ: މިނިސްޓްރީ

އިސްރަށްވެހިންގެ ތެރެއިން ހިނގައިބިގައިވެ ނޫޅެވޭ ހާލަތުގައި ދާންމަތިވެފައި ތިބޭ މީހުންގެ ގާތަށް ޒިޔާރަތްކޮށް އެމީހުންގެ އިޖުތިމާއީ ބޭނުންތައް ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމށް "ބެޑްރިޑެން ޕްރޮގުރާމު"ގެ ނަމުގައި ހާއްސަ ޕްރޮގުރާމެއް ފަށައިފިއެވެ. 

އިިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މި ޕްރޮގުރާމު އިފުތިތާހުކޮށްދެއްވީ އެ ވުޒާރާގެ ވަޒީރު ޑރ.އާއިޝަތު ޝިހާމެވެ. 

މި ޕްރޮގުރާމުގައި ގެތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވަނީ ގާލްގައިޑުންގެ އިތުރަށް އެކަމަށް ތަމްރީނުކޮށްފައިވާ އިސްރަށްވެހިންނެވެ. މިއަދު މި ޕްރޮގުރާމުގެ ދަށުން ދާންމަތިވެފައި ތިބި ބައެއް އިސްރަށްވެހިން ގާތަށް ޒިޔާރަތްކޮށް ހާލު ބަލައި ބޭނުންތައް އަޮޅުންފިލުވާފައިވެއެވެ. 

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި، މި ޕްރޮގުރާމަށް ހާއްސަކޮށް އިސްރަށްވެހިންގެ ނާދީން ދަރުމަވެރިންގެ ޓީމެއް އެކުލަވައިލާ އެ ޓީމަށް އެކަމަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދީފައިވެއެވެ. 

މި ޕްރޮގުރާމު އެކުލަވައިލާފައިވަނީ މަހަކު އެއްފަހަރު އެ ޕްރޮގުރާމުގެ ބައިވެރިން ދާންމަތީ ތިބޭ އިސްރަށްވެހިންގެ ގެތަކަށް ޒިޔާރަތްކުރާ ގޮތަށެވެ. 

މިނިސްޓްރީން ފާހަގަކުރި ގޮތުގައި މި ޕްރޮގުރާމުގެ ތެރެއިން ދާންމަތިވެފައި ތިބޭ އިސްރަށްވެހިންގެ ހާލަތު ކައިރިން ބަލައި، އެމީހުންނާއި އެމީހުންގެ އާއިލާތަކަށް ބޭނުންވެފައި ހުންނަ ކަންކަން ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު