ENGLISH

05 ޖުލައި 2025

Advertisement

ހުޅުމާލޭގެ 21 އަހަރުގެ ފާހަގަކުރުމަށް ޑިޖިޓަލް ޓްރެޝަރ ހަންޓެއް ފަށައިފި

14 މޭ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ހުޅުމާލޭގައި ފުރަތަމަ ވަޒަންވެރިވިތާ 21 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ މައިހުޅުމާލެ ފެސްޓިވަލް 2025 ގެ ދަށުން "ފެންކޮއެ ހަންޓް" ގެ ނަމުގައި ޑިޖިޓަލް ޓްރެޝަރ ހަންޓެއް ފަށައިފިއެވެ.

މި ހަރަކާތަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އައިލެންޑް ބެވަރޭޖެސް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.  ހަފުތާއަކަށް ކުރިޔަށްދާ މިހަންޓުގައި ހުޅުމާލޭގެ އެކި ހިސާބުތަކުގައި  ފޮރުވާފައިހުރި ކިއުއާރް ކޯޑްތަށް ހޯދަންޖެހޭނެއެވެ .މި ހަންޓުގެ ނަސީބުވެރިން އިޢުލާނުކުރާނީ މި މަހުގެ 17 ވަނަ ދުވަހު ބޭއްވޭ ބީޗް ފެސްޓްގައިއެވެ.

މި ހަންޓުގައި ބައިވެރިވުމުން ލިބޭ އިނާމުތަށް:

- އެއްވަނައަށް: 7,000 ރުފިޔާ

- ދެވަނައަށް: 4,000 ރުފިޔާ

- ތިންވަނައަށް: 2,000 ރުފިޔާ

އެޗްޑީސީން ބުނެފައިވަނީ މި ހަރަކާތަކީ ހުޅުމާލޭގެ ކުރިއަރަމުން އަންނަ އަމާން މާހައުލު ދައްކުވައިދޭ، މަޖާ އަދި ހުރިހާ އެންމެނަށްވެސް ބައިވެރިވެވޭނެ ގޮތަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު