ENGLISH

05 ޖުލައި 2025

Advertisement

ލ. ކަލައިދޫ - ދަނބިދޫ ކޯޒްވޭގެ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ

14 މޭ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ލ. ކަލައިދޫ - ދަނބިދޫ ކޯޒްވޭގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އިޢުލާނުކޮށްފިއެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި މަސައްކަތް ފެށުމަށް ބޭނުންވާ މެޝިނަރީތައް މަސައްކަތުގެ ސައިޓަށް ގެންގޮސްފައިވެއެވެ. އަދި މީގެއިތުރުން ކޯޒްވޭއަށް ބޭނުންވާ ޕައިލްސްގެ ފުރަތަމަ ޝިޕްމެންޓްވެސް ވަނީ ގެނެވިފައެވެ. އެމްޓީސީސީއިން މައުލޫމާތު ދިން ގޮތުގައި މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެއެވެ.

މި މަޝްރޫޢުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި:

- 42,624 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކުން

- 271 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން

- 752 މީޓަރުގެ ސްކައުރިން އޭޕްރަން ހެދުން

- 315 މީޓަރުގެ ބްރިޖެއް ހެދުން

- 714 މީޓަރުގެ ރީޓެއިނިންގ ފާރެއް ހެދުން

- 7,266 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކޮށް މަގުބައްތި ހަރުކުރުން

ކަލައިދޫ އާއި ދަނބިދޫއާ ދެމެދު 3,000 ފޫޓާއި 3,500 ފޫޓާ ދެމެދުގެ ދުރުމިނެއް ހުރެއެވެ. މި ކޯޒްވޭ ނިމުމުން ކަލައިދޫއާ އެއްފަސްގަނޑެއްގައި އޮންނަ އިސްދޫވެސް ދަނބިދޫއާ ގުޅިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު