ENGLISH
05 ޖުލައި 2025
ފަނޑިޔާރު މަހާޒާއި އަޒްމިރަލްދާ ވަކިކުރަން މަޖިލީހުން ފާސްކޮށްފި
14 މޭ 2025
|
މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ފަނޑިޔާރު އަޒްމިރަލްދާ އަދި ފަނޑިޔާރު މަހާޒް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ނިންމީ، އިޖުރާއާތުތަކާ އެއްގޮތަށް ކަމުގައި ކަނޑައަޅައި އެ ފަނޑިޔާރުން ވަކިކުރުމަށް ނިންމައި ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓު މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ވަނީ ހުށަހަޅާފަ އެވެ. އެ ދެ ބޭފުޅުން ވަކިކުރުމާ މެދު ވަކިކުރުމަށް ވޯޓަށް އަހާފައިވަނީ ކޮންމެ ބޭފުޅަކަށް ވަކިވަކިން ނެވެ. ދެބޭފުޅުން ވަކިކުރުމަށް މަޖިލީހުން ފާސްކުރީ :
ޖުޑީޝަރީ ކޮމިޓީން މިފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުގެ ދަށުން ބަލާފައިވަނީ ޖޭއެސްސީން ފަނޑިޔާރުން ވަކިކުރަން ނިންމީ އިޖުރާއާތުތައް ފުރިހަމަކުރުމަށްފަހުތޯ އެވެ. ދެ ފަނޑިޔާރުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން މަޖިލީހަށް ހުށަހެޅީ އެ ކޮމިޝަަނުން ބެލި މައްސަލައެއްގެ ތަހުގީގަށް ފަހުގައެވެ.
އެ ކޮމިޝަނުން ބެލި މައްސަލައަކީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރުމުން ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަށް ފަނޑިޔާރު މަހާޒު މެދުވެރިކޮށް އަޒްމިރަލްދާ ނުފޫޒު ފޯރުއްވިކަމަށް ތުހުމަތުވާ މައްސަލައެކެވެ.
އެ މައްސަލައިގެ ތަހުގީގުގައި ފަނޑިޔާރު މަހާޒު ވަނީ ކުރިމިނަލް ކޯޓުގެ ފަނޑިޔާރު އަދި މަހާޒުގެ ދެބެއިންގެ ދެދަރި ކޮއްކޯފުޅެއްކަމަށްވާ ގާޒީ ސޮފްވަތު ހަބީބަށް ގުޅުއްވަައިގެން ފަނޑިޔާރު އަަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރިތޯ ބެއްލެވިކަމަަށް އެއްބަސްވެވަޑައިގެންފައެވެ.
އެ މައްސަަލާގައި ފަނޑިޔާރު މަހާޒު ގުޅުއްވީ އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކުރި ފަހުންކަމަށް ފަނޑިޔާރު ސޮފްވަތު ވިދާޅުވެފައިވެއެވެ. މަހާޒު ގުޅުއްވުމުން އެ މައްސަލަ ކުރިއަށްދިޔަ ގޮތެއް ބެއްލެވުމަށް އަޒަމިރަލްދާ ފިރިކަލުންގެ ބަންދު މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް ޒިހުނީއަށް ގާޒީ ސޮފްވަތު ގުޅުއްވިކަމަށް ދެ ބޭފުޅުންވެސް އެއްބަސްވެވަޑައިގެންފައިވެއެވެ.
ފަނޑިޔާރުން ވަކިކުރީ އެ ބޭފުޅުންގެ މި އަމަލަކީ މި މައްސަލައަށް ނުފޫޒު ފޯރުއްވަން ކުރެއްވި ކަމެއްކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ބުރަވެވޭތީއެވެ.