ENGLISH
05 ޖުލައި 2025
ފީނަން އޮތް މީހެއްގެ ގައިމަތިން ލޯންޗެއް ގޮސް، އޭނާގެ އަތް ބުރިވެއްޖެ
14 މޭ 2025
|
ފުލުހުންގެ ލޯންޗަކާއި ކޯސްޓްގާޑެއް
ފީނަން އޮތަ މީހެއްގެ ގައިމަތިން ލޯންޗެއް ގޮސް، އޭނާގެ އަތް ބުރިވެއްޖެ އެވެ.
ދިވެހި ފުލުހުން ޚިދުމަތުން ބުނީ، ފީނަން އުޅުނު މީހެއްގެ ގައިގައި ލޯންޗެއް ޖެހި އަނިޔާވިކަމުގެ ރިޕޯޓް އިއްޔެ ރޭ 10:30 ހާއިރު ލިބިފައިވާ ކަމަށެވެ.
މި ހާދިސާގައި އަނިޔާވެ އަތްބުރިވީ ބަންގްލަދޭޝްގެ މީހެކެވެ.
ފުލުހުން ބުނި ގޮތުގައި އެމީހާގެ ކަނާއަތުގެ އުޅަނބޮއްޓާ ހިސާބުން ބުރިވެފައިވާ ކަމަށެވެ. އެއީ އުމުރުން 30 އަހަރުގެ މީހެކެވެ.
އެމީހާ އަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނީ މި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.