ENGLISH

05 ޖުލައި 2025

Advertisement

އިތުރު ރަށްތަކެއްގައި ހައުސިން ޔުނިޓްތައް އެޅުމަށް ހުޅުވާލައިފި

13 މޭ 2025

|

އަޙުމަދު ޙަމީދު

ނޮޅިވަރަމްފަރުގައި އަޅާފައިވާ ހައުސިން ޔުނިޓްތައް

ޑިޒައިން އެންޑް ބިލްޑް އުސޫލުން އިތުރު ރަށްތަކެއްގައި ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިޢުލާނު ކޮށްފި އެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން ކޮށްފައިވާ އިޢުލާނު ގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެދޭ ގޮތެއްގެ މަތިން، 15 ރަށެއްގައި ހައުސިން ޔުނިޓްތައް އަޅައިދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. 

އެ މަސައްކަތްތަކަށް ޕްރީކޮލިފައިވުމަށް ކުރިމަތިލުމުގެ ފުރުޞަތު އެކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވެ އެވެ.

މި ފަހަރު ހުޅުވާލި ރަށްތަކުގެ ތެރޭގައި ހިމެނެނީ އައްޑޫސިޓީ ހިތަދޫ އާއި މަރަދޫ އާއި މަރަދޫ ފޭދޫ އާއި މީދޫގެ އިތުރުން ހދ. ނެއްލައިދޫ އާއި މ.ދިއްގަރާއި ހއ. އިހަވަންދޫ އާއި ހދ. މަކުނުދޫ އާއި ނ. ކެނދިކުޅުދޫ އާއި ރ.މަޑުއްވަރީ އާއި ރ. އިނގުރައިދޫ އާއި ބ. ތުޅާދޫ އާއި ޅ. ހިންނަވަރާއި   ތ.ވިލުފުއްޓާއި ގދ.ގައްދޫ އެވެ.

މީގެ ތެރެއިން އިހަވަންދޫގައި 200 ޔުނިޓް އަޅާނެ އެވެ. ދިއްގަރުގައި 75 ޔުނިޓް އަދި ނެއްލައިދޫގައޮ 60 ޔުނިޓެވެ.

ދެން ހުރި ރަށްތަކުގައި އަޅާނީ 100 ހައުސިން ޔުނިޓެވެ.

މީގެ ކުރީން ވަނީ 57 ރަށެއްގައި ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިޢުލާނު ކޮށްފަ އެވެ.

އެ ރަށްރަށުގައި 10,000 އެއްހާ ހައުސިން ޔުނިޓް އެޅުމަށް ވަނީ ނިންމާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު