ENGLISH
05 ޖުލައި 2025
ޝަމްއާނާމެދު ތަފާތު ގޮތަކަށް އަމަލުކުރާކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފި
13 މޭ 2025
|
ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްއާން ވަހީދު، ފޮޓޯ؛ އިމިގްރޭޝަން
ފުލުހުން ބަލަމުންދާ ނާޖާއިޒު ގޮތުގައި މަގާމުގެ ނުފޫޒު ބޭނުންކުރިކަމަށް ތުހުމަތުވާ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ކުރީގެ ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދާމެދު ފުލުހުން ތަފާތު ގޮތަކަަށް އަމަލުކުރަމުންދާކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.
މިއަދު ހަވީރު ދިވެހި ފުލުހުންގެ ހިދުމަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން އެ ހިދުމަތުން ބުނެފައިވަނީ ޝަމްއާން ހައްޔަރުކުރީ އެ މައްސަލާގައި ތުހުމަތުވާ އިމިގްރޭޝަަނުގެ އެހެނިހެން މުވައްޒަފުންް ހައްޔަރުކުރި ފަހުން ކަމަށެވެ.
ޑީސީޕީ އަބްދުﷲ ޝަރީފު ވިދާޅުވީ ފުލުހުން ޝަމްއާން ހައްޔަރުކުރީ ފުލުހުންގެ ތަހުގީގުގައި ބަލަންޖެހޭ ކަންކަން ބަލައި، އޭނާ ހައްޔަރުކުރަންޖެހޭކަމަށް ތަހުގީގަށް ފެނިގެން ކަމަށެވެ.
"ޝަމްއާނުގެ ހައްޔަރާ ހަމައަށްދިޔައީ އެހައި ހިސާބުން ބަލަންޖެހޭ ކަންކަން ބަލާފައި އެވަރަށް ހެއްކާ ގަރީނާ ލިބުމުން އެހިސާބުން ޝަމްއާން ހައްޔަރުކުރީ،" އޭނާ ވިދާޅުވިއެވެ.
އަދި ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދާމެދު ފުލުހުން އަމަލުކުރި ގޮތާ ޝަމްއާނާމެދު އަމަލުކުރާ ގޮތުގައި ތަފާތުތަކެއް އެބަހުރިކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ފުލުހުން ބުނީ ކޮންމެ މައްސަލަައެއްގައިވެސް އަމަލުކުރަމުންދަނީ އެ މައްސަލައެއްގައި ހެކި ގަރީނާ ލިބޭ މިންވަރަކަށް ރިއާޔަތްކޮށްގެން ކަމަށެވެ.
އެގޮތުން ފަޒުލްގެ މައްސަލާގައިވެސް އަމަލުކުރަމުންދަނީ އެ މައްސަލައާ ގުޅިގެން ލިބިފައިވާ ހެކި ގަރީނާއަށް ބަލައިގެން ކަމަށް އަދި ޝަމްއާނާމެދު އަމަލުކުރަމުންދާ ގޮތްވެސް ބަރޯސާވަނީ ހެކި ލިބޭ މިންވަރުގެ މައްޗަށް ކަމަށްވެސް ފުލުހުން ބުންޏެވެ.