ENGLISH

05 ޖުލައި 2025

Advertisement

އެޑިއުކޭޝަން މިނިސްޓްރީއަށްވުރެ ދީނީ އަދި އަޚްލާޤީ ގޮތުން ކުދިން ބައްޓަންކުރަން މަސައްކަތްކުރާ ވުޒާރާއެއް ނޯންނާނެ: ޑރ. ޝަފީޢު

13 މޭ 2025

|

އިސްމާއީލް ރާތިއު

ތަޢުލީމާބެހޭ ވަޒީރު، ޑރ. އިސްމާޢީލް ޝަފީޢު-- ފޮޓޯ: ޕީއެސްއެމް

އެޑިއުކޭޝަން މިނިސްޓްރީއަށްވުރެ ދީނީގޮތުން ކުދިން ބައްޓަންކުރަން މަސައްކަތްކުރާ ވުޒާރާއެއް ނޯންނާނެ ކަމަށާއި، ވުޒާރާގެ މުޅި މެންޑޭޓަކީވެސް އެއީ ކަމަށް ތަޢުލީމާބެހޭ ވަޒީރު، ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ރޭގެ "އަހާ" ފޯރަމުގައި، ދިވެހިރާއްޖޭގަ މިހާރުއޮތް ވެރިކަމަކީ 100 ޢިލްމުވެރިންގެ ތާއީދާއެކު އައިސްފައޮތް ވެރިކަމެއް ކަމަށް ބުނާތީ އިވޭ ކަމަށާއި، އެހެންކަމަށް ވާނަމަ ދަރިވަރުންނަކީ ދީނީ ޢިލްމަށް ލޯބިކުރާ ބަޔަކަށް ހަދަން ވަރަށް ބުރަ މަސައްކަތްތަކެއް އެ ޢިލްމުވެރިން ކުރަންޖެހުނު ނަމަވެސް ސްކޫލްތަކުގަ ދީނީ ޙަރަކާތްތައް ހިންގޭ މަންޒަރު ނުފެންނަކަމަށް ބުނެ، ޢާންމު މީހެއްގެ ފަރާތުން އައި ޚިޔާލަކަށް ޖަވާބުދާރީވެވަޑައިގަންނަވަމުން ވަޒީރު ވިދާޅުވީ އިސްލާމް މާއްދާއަކީ ކިޔަވައިދިނުމުގައި އެންމެ އިސްކަންދޭ މާއްދާކަމަށާއި ހުރިހާ ސްކޫލެއްގައިވެސް ކިޔަވައިދެމުންދަނީ އެ މާއްދާ ކިޔަވައިދިނުމަށް ތަމްރީނުވެފައިވާ ފެންވަރު ރަނގަޅު މުދައްރިސުންނާއެކު ކަމަށެވެ.

އަދި ކޮންމެ ދުވަހަކުވެސް އިސްލާމް ކިޔަވައިދީ، ޤުރްއާން އުނގަންނައިދީ، ކާބަފައިންގެ ރިވެތި އާދަތަކާއި އުޅުމާއި ޤުރުބާނީތައް ތަޢުލީމީ ނިޒާމުގެ ތެރެއިން ކިޔަވައިދެމުން އަންނަ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ތަޢުލީމީ ވުޒާރާއަށްވުރެ ވަކިން ބޮޑަށް، ދަރިވަރުންނަކީ ދީނީގޮތުންނާއި، އަޚުލާޤީގޮތުން ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ، ދިރިއުޅުމަށް ތައްޔާރުވެފައިވާ ބަޔަކަށް ހަދަން މަސައްކަތްކުރާ އެހެން ވުޒާރާއެއް ނޯންނާނެ ކަމަށެވެ. އަދި އެ ވުޒާރާގެ މުޅި މެންޑޭޓަކީ އެއީ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އެޑިއުކޭޝަން މިނިސްޓްރީއަށްވުރެ ދީނީގޮތުން، އަޚުލާޤީ ގޮތުން ކުދިން ތަރުބިއްޔަތުކޮށް، ކުދިންނަކީ އެއީ ދިރިއުޅުމަށް ތައްޔާރުވެފައިވާ ބައެއްގެ ގޮތުގައި ބައްޓަންކުރުމަށް މަސައްކަތްކުރާ އެހެން އެއްވެސް ވުޒާރާއެއް ނޯންނާނެ. ސަބަބަކީ އެޑިއުކޭޝަން މިނިސްޓްރީގެ މުޅި މެންޑޭޓަކީ އެއީ" ވަޒީރު ވިދާޅުވިއެވެ.

ނަމަވެސް ބައެއް ރަށްތަކުގަ އެންމެ އެދެވޭ ވަރަށް، އެންމެ އެދެވޭ ގޮތަށް ޕްރޮގްރާމްތައް ނުހިންގި އޮވެދާނެކަން ފާހަގަކުރައްވާ، ވަޒީރު ވަނީ އެފަދަ ރަށްތައް ދެނެގަނެ، އިސްލާހުކުރަންޖެހޭ ކަމެއް އޮތިއްޔާ އިސްލާހުކޮށްގެން ބެލެނިވެރިންނާ މުޅި މުޖުތަމަޢު ބޭނުންވާނެފަދަ ހަރުދަނާ މައުލޫމާތުތަކެއް ދަރިވަރުންނަށް ފޯރުކޮށްދޭން ކުރައްވަން ޖެހޭ މަސައްކަތްތައް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު