ENGLISH

05 ޖުލައި 2025

Advertisement

ނަޑެއްލާ އިން ގެއްލުނު މީހާ ފެނިއްޖެ

12 މޭ 2025

|

އަޙުމަދު ޙަމީދު

ގެއްލިގެން ހޯދި މީހާ

ގދ. ނަޑެއްލާއިން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދިޔަ މީހާ ފެނިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ގެއްލިގެން ހޯދަމުން ދަނީ ހދ. ނޮޅިވަރަން / ސުހާނީ، އާދަމް އިބްރާހިމް (34އ) އެވެ.

ފުލުހުންގެ ޚިދުމަތުން ދެންމެ ބުނީ އާދަމް އިބްރާހިމް މިހާރު ފެނިފައިވާ ކަމަށެވެ. އޭނާ ފެނިފައިވަނީ މިއަދު 4:45 އެހާކަންހާއިރު ކަމަށްވެސް ބުންޏެވެ.

އޭނާ ފެނުނީ ނަޑެއްލާ ކައިރީ އޮންނަ ފަޅުރަށަކުން ކަމަށާ ހާލު ރަނގަޅު ކަމަށް ވެސް ބުންޏެވެ.

ރަތަފަންދޫ ޕޮލިސް ސްޓޭޝަނުން ބުނީ އާދަމް އިބްރާހިމް, އިއްޔެ ނަޑެއްލާއަށް ފޭބީ މެންދުރު ދޭއް ޖަހާކަންހާއިރު ކަމަށެވެ. އަދި ފަހުން ދޯންޏަށް ނާންނާތީ ފުލުހުންނަށް ރިޕޯޓް ކުރުމުން ހޯދަން ފެށި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު