ENGLISH

05 ޖުލައި 2025

Advertisement

ފިޔޯރީ ފެނާއި ނަރުދަމާ މަޝްރޫޢު: މަސައްކަތުގެ މައިގަނޑު ބައިތައް ނިމިއްޖެ

12 މޭ 2025

|

އަޙުމަދު ޙަމީދު

ގދ. ފިޔޯރީގައި ފެނާއި ނަރުދަމާ މަޝްރޫޢު ކުރިއަށް ދަނީ

ގދ. ފިޔޯރީ ފެނާއި ނަރުދަމާ މަޝްރޫޢުގެ މަސައްކަތުގެ މައިގަނޑު ބައިތައް ނިމިފައިވާ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އިން މިއަދު ބުނެފި އެވެ.

މި މަސައްކަތް ކުރަނީ ސަރުކާރުގެ ފެންކުންފުނި އެމްޑަބްލިއުއެސްސީ އިންނެވެ.

ފިޔޯރީ ފެނާއި ނަރުދަމާ މަޝްރޫޢުގެ އަދާހަމަ މަޢުލޫމާތު ހާމަކުރަމުން އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އިން ބުނީ އެ މަސައްކަތުގެ 88.2 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އެ ގޮތުން ޢަމަލީ މަަސައްކަތްތަކުގެ މައިގަނޑު ބައިތައް ނިމިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

ބާކީ ހުރި ކުދިކުދި މަަސައްކަތްތައް ނިންމާ ފެނާއި ނަރުދަމާ ނިޒާމު ޓެސްޓްކޮށް ޕްރީ-ކޮމިޝަން ކުރުމަށް ތައްޔާރު ވަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އަތޮޅުތެރޭގައި ފަށާފައިވާ މަޝްރޫޢުތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު