ENGLISH
05 ޖުލައި 2025
ހުޅުމާލެ، 21 އަހަރުތެރޭ ރަމްޒުކޮށްދިނީ ރާއްޖޭގެ ތަރައްގީގެ ދުވެލިއުވެލި
12 މޭ 2025
|
ހުޅުމާލެ - ފޮޓޯ: އެޗްޑީސީ
މާލެ އަކީ ބޮޑަށް ތޮއްޖެހި، ކާރޫބާރޫ ބޮޑު ރަށެއް ނަމަވެސް ބޭނުންވާ ހިދުމަތްތައް ލިބެނީ މާލެއިން ކަމުން މިތަނަށް ނައިސް ވާކަށެއް ނޯވެ އެވެ. ދިވެހީންގެ ވެރިރަށަކީ މާލޭގައި ހިމެނޭ ހަތަރު އަވަށާއި ވިލިމާލެ އާއި ހުޅުމާލެ ހިމެނޭހެން ހަ އަވަށުގެ މައްޗަށް އޮންނަ ގްރޭޓަރ މާލެ އޭރިއާ އެވެ.
މި އަވަށްތަކުގެ ތެރެއިން އެންމެ ޚާއްސައީ ހުޅުމާލެ އެވެ. އެއީ ރާއްޖޭގެ އެންމެ ޚާއްސަ އަވަށެވެ. އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށް އެތައް އަހަރަކަށް ބަހާލައިގެން މިހާރު ވެސް ތަރައްޤީ ކުރަމުންދާ ހުޅުމާލޭގެ ތަރައްގީގެ މަޝްރޫގެ އެންމެ ބޮޑު އަމާޒަކީ މާލޭގެ އާބާދީ ވަކި މިންވަރަކަށް ކޮންޓުރޯލްކޮށް ހުޅުމާލެއަކީ މީހުން ދިރިއުޅެން ހިތް ފަސޭހަ, ޒަމާނީ ތަނެއްގެ ގޮތުގައި ތަރައްޤީ ކުރުމެވެ.
ހުޅުމާލެ ތަރައްގީކުރުމުގެ މަސައްކަތް 1997 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ދުވަހު ފެށީ ގިނަ ޕްލޭންތަކަކާއި އެކުގައެވެ. އެތައް ބިލިއަން ރުފިޔާއެއް ޚަރަދުކޮށްގެންނެވެ. މި މަސައްކަތް ފެށީ ހުޅުލޭ-ފަރުކޮޅުފުށި ފަޅުން 1.3 ކިލޯމީޓަރު ބޭރުން މާލޭގެ ހުޅަނގު އުތުރު ފަރާތުގައެވެ. 11 މިލިއަން ޑޮލަރު ޚަރަދުކޮށްގެން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯކްސް އިން ކުރިއަށްގެންދިޔަ މި މަޝްރޫޢުގައި ބިން ހިއްކުމުގެ މަސައްކަތް ފުރަތަމަ ކޮށްފައިވަނީ 188 ހެކްޓަރުގެ މައްޗަށެވެ.
އެއީ ހިއްކަން ކަނޑައެޅި ބިމުގެ 45 އިންސައްތަ އެވެ. އޭގެ ފަހުން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ބެލްޖިއަމްގެ ޖޮއިންޓް ވެންޗާ ކުންފުންޏަކާއި އިންޓަނޭޝަނަލް ޕޯޓް އިންޖިނިއަރިން އެންޑް މެނޭޖްމަންޓް (އައިޕީއީއެމް) އާއި ޑްރެޖިން އިންޓަނޭޝަނަލް (ޑީއައި) ގުޅިގެން ނެވެ.
ފުރަތަމަ ފިޔަވަހީގައި ހިމެނޭ ބިން ހިއްކުމާއި ގޮނޑުދޮށް ތަރައްޤީ ކުރުމުގެ ހުރިހާ މަސައްކަތެއް 2002 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމި އެވެ. އެ ރަށުގައި މީހުން އާބާދުކުރުމުގެ މަސައްކަތް 2004 ވަނަ އަހަރު ފެށުމަށް ފަހު ފުރަތަމަ ބުރުގައި ހާހެއްހާ މީހުން ހުޅުމާލެއަށް ބަދަލުވެ ދިރިއުޅެން ފެށި އެވެ. 2015 ވަނަ އަހަރު ބިން ހިއްކުމުގެ މަޝްރޫއުގެ ދެވަނަ ބައި ނިމުނުއިރު 244 ހެކްޓަރު އިތުރުވި އެވެ. އަދި 2019 ވަނަ އަހަރު ނިމުނުއިރު 50،000 އަށް ވުރެ ގިނަ މީހުން ހުޅުމާލޭގައި ދިރިއުޅެމުން ދިޔަ އެވެ.
މީހުންނަށް ދިރިއުޅެވޭ މިންވަރަށް އެތަން ތަރައްގީ ކުރެވި ހުޅުމާލޭގައި މީހުން ދިރިއުޅެން ފަށާފައި ވަނީ 2004 ވަނަ އަހަރުގެ މެއި މަހުގެ 12 ވަނަ ދުވަހު އެވެ. މިއަދަކީ ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިތާ 21 އަހަރު ފުރުނު ދުވަހެވެ.
ހުޅުމާލެ އަކީ އެ މަޝްރޫއު ރޭވި އަދި ދިވެހީން އެދެމުން އައި ގޮތަށް ހަގީގަތަކަށްވި ފޮނި ހުވަފެނެކެވެ. އެއީ ފަޅެއް ހިއްކައިގެން އާޓިފިޝަލް ރަށެއް ހަދައި ތަރައްގީ ކުރުމުގެ ނަމޫނާ ރަށެކެވެ. ހުޅުމާލޭ މަޝްރޫއުގެ އެންމެ ފޮނި ނަތީޖާއަކީ ގެދޮރު ނެތް އެތައް ބަޔަކަށް އަމިއްލަ ބޯހިޔާވަހިކަން ލިބޭ ތަނަކަށް އެތަން ވެގެން ދިއުމެވެ. އަދި އެކި ސަބަބުތަކާއި ގުޅިގެން މާލެއަށް ހިޖުރަކުރަން ޖެހިފައިވާ އަތޮޅުތެރޭގެ އެތައް ހާސް ބަޔަކަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިން ތަނަކަށް ވެގެން ދިޔަ އެވެ.
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވުޖޫވުމާއި ހަމައަށް ހުޅުމާލެ އޮތީ ކުރީގެ ހުޅުމާާލޭ ޑިވެލޮޕްމަންޓް ޔުނިޓްގެ ދަށުގަ އެވެ. އޭގެ ފަހުން ހުޅުމާޅޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ނަމުގައި ވެސް ހިންގި އެވެ. އެއަށްފަހު 2005 ވަނަ އަހަރުގެ މާރިޗު މަހުގެ 23 ވަނަ ދުވަހު އުފެއްދި އެޗްޑީސީ އަކީ ހުޅުމާލެ ތަރައްޤީކޮށް ހިންގާ ބަލަހައްޓާ ކުންފުނީގެ ގޮތުގައި ހަމަޖެހިގެންދިޔައެވެ.
އެއަށްފަހު