ENGLISH

05 ޖުލައި 2025

Advertisement

އެވެރެޖުކޮށް ދުވާލަކު 6،806 ފަތުރުވެރިން އާދޭ، ޗައިނާއިން ލައްކައަކަަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފި

12 މޭ 2025

|

ޝިފްޒާން އަޙްމަދު

ޗައިނާގެ ޓޫރިސްޓުންތަކަކަށް ވެލާނޭ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔަނީ

މި އަހަރުގެ މިހާތަނަށް އެވެރެޖުކޮށް ކޮންމެ ދުވަހަކު 6،806 ފަތުރުވެރިން ރާއްޖެއަށް އަންނަމުންދާއިރު، ޗައިނާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އެއް ލައްކައަށްވުރެ މައްޗަށް އަރާފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަަށް ބަލާއިރު ޖަނަަވަރީ އެއްވަނަ ދުވަހުން ފެށިގެން މޭ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައީ 884،802 ޓޫރިސްޓުންނެވެ. އެއީ ނިމުނު އަހަރު ރާއްޖެއަށް ޒިޔާރަތްކުރި 818،341 ފަތުރުވެރިންނާ އަޅާބަލާއިރު 8.1 އިންސައްތަ އިތުރު އަދަދެކެވެ. 

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިހަވަނަ ދުވަހާ ހަމައަށް 54،058 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ ނިމުނު އަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންނަށްވުރެ 17.6 އިންސައްތަ އިތުރު އަދަދެކެވެ. އަދި އެ މުއްދަތުގައި އެވެރެޖުކޮށް ދުވާލަކު 5،406 ފަތުރުވެރިން އައިސްފައިވެއެވެ. 

އެ މުއްދަތުގައި ޗައިނާއިން  100,650 ފަތުރުވެރިން ޒިޔާރަތްކުރިއިރު، ރަޝިޔާއިން 95،144 ފަތުރުވެރިން އަދި އިނގިރޭސިވިލާތުން 91،690 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. 

ރާއްޖެއަށް ޒިޔާރަތްކުރި 884،802 ފަތުރުވެރިންގެ 70.9 އިންސައްތަ މީހުން ނުވަތަ 626،920 ފަތުރުވެރިން އައިސްފައިވަނީ ރިސޯޓުތަކަށެވެ. އަދި 208،952 ފަތުރުވެރިން އައިސްފައިވަނީ ގެސްޓުހައުސްތަކަށެވެ. ސަަފާރީ އުޅަނދުތަކަށް 22،129 ފަތުރުވެރިން އައިސްފައިވާއިރު 26،219 ފަތުރުވެރިން ހޮޓާތަކަށް އައިސްފައިވެއެވެ. 

ރާއްޖޭގައި އޮޕަރޭޝަނަލް ހާލަތުގައި ޖުމްލަ 63،070 އެނދު ހުރިއިރު، އއިން 43،313 އެނދަކީ ރިސޯޓުތަކުގައި އޮޕަރޭޓުކުރާ އެނދުތަކެވެ. އަދި ގެސްޓުހައުސްތަކުގައި 14،260 އެނދު އޮޕަރޭޓުކުރަމުންދެއެވެ. 

ކިޔުންތެރިންގެ ހިޔާލު