ENGLISH
05 ޖުލައި 2025
ރައީސްގެ އެދިވަޑައިގަތުމާއި ގުޅިގެން ރޯދަަ މަހު އުމްރާވެރީންނަށް މިލިއަނަކަށްވުރެ ގިނަ ޑޮލަރު ހަމަ އަގުގައި ދޫކުރި
12 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ނިމިދިޔަ ރަމަޟާންމަހު ރާއްޖެއިން ޢުމްރާއަށް ދިޔަ މީހުންނަށް ހަމަ އަގުގައި ޑޮލަރު ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމުން މިލިއަނަކަށް ވުރެ ގިނަ ޑޮލަރު, ހަމަ އަގުގައި ދޫކޮށްފައިވާ ކަމަށް ބެންކު އޮފް މޯލްޑިވްސްގެ ހިސާބުތަކުން ދައްކައިފި އެވެ.
ފާއިތުވި ރަމަޟާން މަހު އުމްރާއަށް ދިޔަ ހައްޖުވެރިންނަށް ޑޮލަރު ލިބުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވައި ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އުމްރާވެރިންގެ ޑެބިޓު ކާޑަށް 1،500 ޑޮލަރުގެ ލިމިޓެއް އިތުރުކޮށްދެއްވަން ރައީސް އެދިވަޑައިގަތެވެ.
އެމަނިކުފާނު އެދިވަޑައިގެންނެވި ގޮތަށް ބީއެމްއެލްއިންވަނީ އުމްރާވެރިން ބޭނުންކުރަމުންދިޔަ އެ ބޭންކުގެ ޑެބިޓު ކާޑުތަކުގެ ޑޮލަރު ލިމިޓު އިތުރުކޮށްދީފައެވެ.
އެގޮތުން ކޮންމެ ޢުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް ވެސް ވަނީ، 1500 ޑޮލަރުގެ ލިމިޓެއް އިތުރަށް ހަމަޖައްސައި ދީފަ އެވެ. އެގޮތުން ޖުމްލަ 1،005،172.82 އެެމެރިކާ ޑޮލަރު 15.42ގެ ރޭޓުން ޢުމްރާވެރިންނަށް ދޫކޮށްފައިވެ އެވެ.
މި ފައިސާ ޢުމްރާވެރިންނަށް ފޯރުކޮށްދިނީ، 8،979 ޓްރާންސެކްޝަން މެދުވެރިކޮަށެވެ.
މި އަހަރު ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ކޮންމެ ޙައްޖުވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން، 1750 ޑޮލަރުގެ ލިމިޓެއް އިތުރަށް ހަމަޖައްސަވައި ދެއްވުމަށް ބޭންކް އޮފް މޯލްޑިވްސްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އެދިވަޑައިގެންފަ އެވެ. އަދި ބެންކުން ވަނީ ކޮންމެ ޙައްޖުވެރިއަކަށް 2000 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވާ އެކަން ހާމަކޮށްފަ އެވެ.
ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ބޭރު ފައިސާއާބެހޭ ޤާނޫނެއް އެކުލަވާލައި، ފާސްކޮށް، ތަންފީޒުކުރަން ވަނީ ފަށައިފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ފާއިތުވި 2024 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒަރވް ވަނީ އިތުރުވެފައެވެ. އަދި، 2025 ވަނަ އަހަރުގެ ސެޕްޓެންބަރ މަހުން ފަށައިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށައިފައެވެ.