ENGLISH
05 ޖުލައި 2025
ބްރޯޑްކޮމް އަށް 6 ނަން، ރައީސް އެންމެ އިސްކަން ދެއްވާ ނަމުގެ ގޮުތުގައި ޒަމްއަތުގެ ނަން
12 މޭ 2025
|
ޒަމްއަތު އަހުމަދު ވަހީދުް - ފޮޓޯ: ފޭސްބުކް
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު އައްޔަނު ކުރުމަށްޓަކައި ހަ ނަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ބްރޯޑްކޮމްގެ މެންބަރު އާމިނަތު އަމީނާގެ މެންބަރުކަމުގެ މުއްދަތު ޖޫން 14، 2025 ގެ ނިޔަލަށް ހަމަވާތީ ރައީސް ޑރ. މުއިއްޒު ވަނީ އެ މަނިކުފާނު އިސްކަންދެއްވާ ތަރުތީބުން މަޖިލީހަށް ހަ ނަމެއް ހުށައަޅުއްވާފައެވެ.
ރައީސް ފޮނުއްވި އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އިސްލާމިކް މިނިސްޓްރީގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަމުގެ މަގާމުގައި ހުންނެވި ޒަމްއަތު އަހުމަދު ވަހީދުގެ ނަމެވެ.
ބްރޯޑްކޮމަށް އައްޔަންކުރަން ފޮނުވި ނަންތައް:
މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ މި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވައިފައެވެ.
ބްރޯޑްކޮމްގައި މިވަގުތު ތިއްބެވި ހަ މެންބަރުންނަކީ، އާމިނަތު އަމީނާ އާއި، ޝިފްލާ އިބްރާހީމާއި، ޞަފާ ޝަފީގާއި، މުހައްމަދު އަބްދުﷲ އާއި އާމިނަތު ނުޒުހާ އާއި އާމިނަތު ސަރާހަތު އިއްޒަތެވެ.