ENGLISH
05 ޖުލައި 2025
ހައްޖުވެރިންގެ ޑެބިޓު ކާޑުތަކުގެ ލިމިޓަށް 1،750 ޑޮލަރު އިތުރުކޮށްދޭން ރައީސް އެދިވަޑައިގެންފި
12 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
މި އަހަރު ހައްޖަށް ދާ ހައްޖުވެރިންގެ ޑެބިޓު ކާޑުތަކުގެ ލިމިޓަށް 1،750 ޑޮލަރު އިތުރުކޮށްދޭން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އަހަރު ހައްޖަށް ދާ ދިވެހި ހައްޖާޖީންނަށް ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ހައްލެއް ހަމަޖައްސައިދިނުމަށް ބޭނުންފުޅުވާ ކަމަށެވެ.
އަދި މި އަހަރު ހައްޖަށްދާ ކޮންމެ ހައްޖުވެރިއެއްގެ ބީއެމްއެލް ޑެބިޑު ކާޑުގެ މިހާރު އޮންނަ ޑޮލަރު ލިމިޓުގެ އިތުރަށް 1،750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަން ބޭންކުގައި އެދިވަޑައިގެންފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ފާއިތުވި ރަމަޟާން މަހު އުމްރާއަށް ދިޔަ ހައްޖުވެރިންނަށް ޑޮލަރު ލިބުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވައި ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އުމްރާވެރިންގެ ޑެބިޓު ކާޑަށް 1،500 ޑޮލަރުގެ ލިމިޓެއް އިތުރުކޮށްދެއްވަން ރައީސް އެދިވަޑައިގަތެވެ.
އެމަނިކުފާނު އެދިވަޑައިގެންނެވި ގޮތަށް ބީއެމްއެލްއިންވަނީ އުމްރާވެރިން ބޭނުންކުރަމުންދިޔަ އެ ބޭންކުގެ ޑެބިޓު ކާޑުތަކުގެ ޑޮލަރު ލިމިޓު އިތުރުކޮށްދީފައެވެ.
ރައީސްގެ މިއަދުގެ ޕޯސްޓުގައި އެމަނިކުފާނުވަނީ ރައްޔިތުންގެ ބޭންކެއްގެ ގޮތުގައި ބީއެމްއެލްއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އެ ބޭންކަށް ޝުކުރު އަދާކުރައްވާފައެވެ.