ENGLISH

05 ޖުލައި 2025

Advertisement

އަހަރުގެ ފުރަތަމަަ ތިން މަހު އާސަންދައިން ފާމަސީތަކަށް 339 މިލިއަން ރުފިޔާ ދޫކޮށްފި

12 މޭ 2025

|

ޝިފްޒާން އަޙްމަދު

މި އަހަރުގެ މާޗު މަހުގެ ނިޔަލަށް އާސަންދައިން ފާމަސީތަކަށް ޖުމްލަ 339 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ހާމަވެއްޖެއެވެ. 

"އެމްއެމްޓީވީ"އިން އެދިގެން އާސަންދައިން ދޫކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ފާއިތުވި ދެ އަހަރު އާސަންދައިންވަނީ ފާމަސީތަކަށް 1.6 ބިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އެގޮތުން 2023 ވަނަ އަހަރު ފާމަސީތަކަށް އާސަންދައިން 763.9 މިލިއަން ރުފިޔާ އަދި 2024 ގައި 899.1 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. 

އާސަންދައިން ފާމަސީތަކަށް 2012 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ފާމަސީތަކަށް ދޫކުރި ފައިސާގެ ތަފުސީލުތައްވެސް އެ ކުންފުނިން މި ނޫހާ ހިއްސާކޮށްފައިވެއެވެ. އެގޮތުން އެ އަހަރުތަކުގައި އަންނަނި އަދަދުތަކަށް ފައިސާ ދޫކުރިއެވެ. 

  • 2012 ވަނަ އަހަރު: 95،231،166.15 ރުފިޔާ
  • 2013 ވަނަ އަހަރު: 129،072،547.33 ރުފިޔާ
  • 2014 ވަނަ އަހަރު: 241،025،547.33 ރުފިޔާ
  • 2015 ވަނަ އަހަރު: 293،450،990.58 ރުފިޔާ
  • 2016 ވަނަ އަހަރު: 433،333،854.1 ރުފިޔާ
  • 2017 ވަނަ އަހަރު: 495،024،915.55 ރުފިޔާ
  • 2018 ވަނަ އަހަރު: 823،657،195.55 ރުފިޔާ
  • 2019 ވަނަ އަހަރު: 650،123،537.40 ރުފިޔާ
  • 2020 ވަނަ އަހަރު 694،465،797.70 ރުފިޔާ
  • 2021 ވަނަ އަހަރު: 846،945،716.34 ރުފިޔާ

އާސަންދައިން ހިއްސާކުރި ހިސާބުތަކަށް ބަލާއިރު މާޗު މަހުގެ ނިޔަލަށް އާސަންދައިން ފާމަސީތަކަށް 339،166،055 (ތިންސަތޭކަ ތިރީސްނުވަ މިލިއަން އެއްލައްކަ ފަސްދޮޅަސް ހަހާސް ފަންސާސް ފަސް) ރުފިޔާ ދޫކޮށްފައިވެއެވެ. 

ސަރުކާރުން އަންނަނީ އާސަންދައަށް ބަޖެޓުން ކުރަންޖެހޭ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސަރުކާރުން އަޅަން ނިންމާފައިވާ އެންމެ މުހިއްމު އެއް ފިޔަވަޅަކީ ބަލްކް ޕްރޮކިއުމެންޓު އުސޫލުން އަސާސީ ބޭސްތައް ރާއްޖެއަށް ގެނައުމާއި، ބައެއް ބޭސްތަކުގެ އަގުތައް ހިފަހެއްޓުމެވެ. 

މިފިޔަވަޅުތައް އެޅުމާއެކު ބައެއް ވިޔަފާރިތަކުން ބޭސްތައް ގެނައުމުގައި ދަތިތައް ކުރިމަތިކުރަމުންދާކަމަަށް ތުހުމަތުކުރެވިފައިވެއެވެ. ވަރަށް މުހިއްމު ބައެއް ބޭސްތައް ނުލިބުމުގެ މައްސަލަ ބޮޑުވީ ސަރުކާރުން ބޭހުގެ އަގު ކޮންޓުރޯލުކުރުމުން އެ ބޭސްތައް ރާއްޖެއަށް އެތެރެކުރުމަށް ބައެއް ވިޔަފާރިތަކުން ދެކޮޅުހަދާތީކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވެސް ވިދާޅުވެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު