ENGLISH

05 ޖުލައި 2025

Advertisement

ރަށް ގިރަނީ މިދިޔަ ސަރުކާރުން މަޝްރޫއުތައް ހިންގި ގޮތުން: ވަޒީރު މުއްތަލިބް

12 މޭ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ރަށް ގިރަނީ މިދިޔަ ސަރުކާރުން މަޝްރޫއުތައް ހިންގިގޮތުން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކް މިއަދުގެ މަޖިލީހުގެ ޖަލްސާގަައި ނ. މާފަރުގައި ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ބިން ހިއްކަން ފައިޓައި މި ސަރުކާރުން އިތުރުކޮށްދެއްވި 5 ހެކްޓަރާއެކީގައި ރަށް ގިރިފައި އޮތުމުން މިކަން ހުއްޓުވަން ސަރުކާރުން ކުރަން ރާވާފައިވާ ކަންކަމާބެހޭޭގޮތުން މިނިސްޓަރާ ސުވާލުކުރެއްވިއެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ނ. މާފަރަކީ، މިދިޔަ ސަރުކާރުން ހަމައެކަނި ބިން ހިއްކުމަށް ހިންގި މަޝްރޫއު ތަކުގެ ތެރޭގައި ހިމެނުނު މަޝްރޫއެއްކަމަށެވެ. އެގޮތުން ބިން ހިއްކުމުގައި ޝޯ ޕްރޮޓެކްޝަން ނުހިމަނާ ހަމައެކަނި ވެލިއަޅައިގެން ބިން ހިއްކާފައިވާ އެތަކެއް ރަށެއް ހުރިކަމަށް ވެސް މިނިސްޓަރް ފާހަގަކުރެއްވިއެވެ.

"ނ. މާފަރަކީ މިދިޔަ ސަރުކާރުން ހަމައެކަނި ބިން ހިއްކުން ހިމަނާފައި ޕްރޮޖެކްޓް ކުރިޔަށް ގެންގޮއްސަ އޮތް ރަށްތަކުގެ ތެރެއިން ރަށެއް. އެގޮތަށް ޕްރޮޖެކްޓް ހިންގާފަ ހުރި ރައްތަށް އެބަ ހުރި ޝޯވް ޕްރޮޓެކްޝަން ނުހިމަނާ ހަމައެކަނި ވެލި އަޅާލާ ގޮތަށް ހިންގާފައިހުރި މަޝްރޫއުތަށް. އޭގެ ތެރޭގައި ކޮލަމާފުޝި އަދި އެހެން ރަށްތަށް ވެސް ހިމެނޭ."

ވަޒީރު އިތުރަށް ވިދާޅުވީ މިދިޔަ ސަރުކާރުން ޝޯވް ޕްރޮޓެކްޝަން ހިމަނާފައި ނުވާތީ މި ސަރުކާރުން ޖެހެނީ މުޅިން އާ މަޝްރޫއު އެއް ފޯމިއުލޭޓް ކުރަން ކަމަށެވެ. އަދި އާ މަޝްެރޫއުގެ ތެރެއިން ޝޯވް ޕްރޮޓެްކްޝަންމޖެހުމުގެ މަސަތްކަތް މިހާރު ކުރިޔަށް ގެންދާ ކަމަށް ވަޒީރު ވިދާޅު ވިއެވެ. މީގެ އިތުރުން މި މަސަތްކަތް ކުރިޔަށް ގންދާއިރު ސަރުކާރުން އިއުލާނު ކޮށްފައިވާ އިތުރު 5 ސެކްޓަރު ވެސް ހިމަނައިގެން ގެންދާނެކަމަށް މިނިސްޓަރް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު