ENGLISH
05 ޖުލައި 2025
ގދ.ނަޑެއްލާއަށް ފޭބި ނޮޅިވަރަމު މީހަކު ގެއްލިގެން ހޯދަނީ
12 މޭ 2025
|
އާދަމް އިބްރާހީމް
ދޯންޏަކުން ގދ.ނަޑެއްލާއަށް ފޭބި ނޮޅިވަރަަމު މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނި ގޮތުގައި ގެއްލިގެން ހޯދަމުންދާ މީހަކީ ހދ.ނޮޅިވަރަން، ސުހާނީ، އާދަމް އިބްރާހީމް (34އ.) އެވެ.
އިއްޔެ މެންދުރު ފަހު 14:00 ހާއިރު ނަޑެއްލާއަށް ކައިރިކުރި "އިތުބާރު" ކިޔާ ދޯނީގައި ދަތުރުކުރި އާދަމް އެދޯނިން ފަައިބައިގެން ނަޑެއްލާއަށް އެރިއެވެ. އެއަށްފަހު އޭނާ އަނބުރާ ދޯންޏަށް އައިސްފައިނުވެއެވެ.
ފުލުހުން ބުނި ގޮތުގައި ދޯންޏަށް އަނބުރާ ނައުމާއެކު އޭނާގެ ހަބަރެއް ނުވެގެން ފުލުހަށް އެކަން ރިޕޯޓުކުރީ ރޭ 10:25 ހާއިރުއެވެ.
އާދަމްގެ ގެއްލިގެން އުޅޭކަން ފުލުހަށް ރިޕޯޓުކުރުމުން ފުލުހުންގެ ޓީމެއް ނަޑެއްލާއަށް ދިޔައެވެ. އެ ޓީމުން ނަޑެއްލާގެ އެކި ސަރަހައްދުތައް ބަލާފައިވެއެވެ. އަދި ނަޑެއްލާއި ކައިރީ ހުރި ފަޅު ރަށްރަށްވެސް އެ ޓީމުން ބެލިއެވެ. ނަމަވެސް އާދަމް ފެނިފައިނުވެއެވެ.
މިއަދުވެސް އޭނާ ހޯދުމުގެ މަސައްކަަތް ފުލުހުން ކުރަމުން އަންނަކަން އެ ހިދުމަތުން ހާމަކުރިއެވެ.
އަދި އާދަމް އިބްރާހީމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ފުލުހުންގެ ހިދުމަތާ އެ މައުލޫމާތެއް ހިއްސާކުރުމަށް އެ ހިދުމަތުން އެދިފައިވެއެވެ.