ENGLISH

05 ޖުލައި 2025

Advertisement

ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާ އައްޔަނުކުރަން ފާސްކޮށްފި

12 މޭ 2025

|

އުމްނާ އިސްމާޢީލް

އަސްނާ ހަމްދީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އާއިޝަތު އަސްނާ ހަމްދީ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ހުސްވެފައިވާ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަސްނާ ހަމްދީގެ ނަން، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މިދިޔަ މަހު އެވެ. އެ މައްސަލަ ދިރާސާކުރީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނެވެ.

ކޮމިޓީގެ އަގުލަބިއްޔަތުން ރުހުން ލިބުނު އަސްނާ، އެ މަގާމަށް އައްޔަނުކުރުމަށް ފެންނަތޯ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ވޯޓަށް އަހާފަ އެވެ. އަސްނާ އެ މަގާމަށް އައްޔަނުކުރަން ފާސްކުރީ 73 މެމްބަރުންގެ ވޯޓާ އެކު އެވެ.

އަސްނާ އަކީ އެމްއެމްއޭގެ ފައިނޭންޝަލް ސެކްޓާ ޑިވެލޮޕްމެންޓް (އެސްއެސްޑީ)ގެ ވެރިޔާ އެވެ.

ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި  އަހުމަދު އިމާދު ލަތީފް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ނެވެ. އޭނާ އިސްތިއުފާ ދެއްވީ މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު