ENGLISH
05 ޖުލައި 2025
ވަޒީރުންގެ 5 ވަނަ އަހާ ފޯރަމް މިރޭ ބާއްވާނެ
12 މޭ 2025
|
އާއްމުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ބާއްވަމުން އަންނަ ސިލްސިލާ ފޯރަމުތަކުގެ ތެރެއިން ފަސްވަނަ ފޯރަމު މިރޭ އޮންނާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ މީޑިޔާ ޕަބްލިކް ސާވިސް މީޑިޔާ ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ފޯރަމްތަކަކީ އާއްމުންނަށް ބޭނުން ސުވާލެއް ވަޒީރުންނާ ކުރެވޭ ގޮތަށް ކުރިއަށްގެންދާ ފޯރަމްތަކެކެވެ. ކުރީން މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރެއަށް ތާވަލުކުރި ފޯރަމް ފަސްކުރީ އެވެ.
ރައީސްއޮފީހުން މައުލޫމާތު ދިން ގޮތުގައި މި ފޯރަމްގައި ބަވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ވަޒީރުންނަކީ:
- މިނިސްޓަރ އޮފް ހޯމްލޭންޑް އެންޑް ޓެކްނޮލަޖީ: އަލީ އިހްސާން.
- އެޓާނީ ޖެނެރަލް: އަލްއުސްތާޒް އަހްމަދު އުޝާމް.
- މިނިސްޓަރ އޮފް އެޑިއުކޭޝަން: ޑރ. އިސްމާއިލް ޝަފީއު.
- މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް ކަލްޗާރ އެންޑް ހެރިޓޭޖް: އާދަމް ނަސީރު އިބްރާހިމް.
- މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ: ޑރ. މަރިޔަމް މާރިޔާ.
ދެ ގަޑިއިރަށް ކުރިއަށްގެންދާ ވަޒީރުންގެ މި ފޯރަމަކީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ އިތުރުން ރައްޔިތުންގެ ހުރި ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ބާއްވާ މިފަދަ 5 ވަނަ ފޯރަމެވެ.
މި ފޯރަމްގައި ބައިވެރިވެރިވެ އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެއްސެވުމަށް ފަހު، ހުސްތަންކޮޅެއް ދޫކުރުމަށްފަހު ކުރަން ބޭނުންވާ ސުވާލު ލިޔުމަށްފަހު 300 އަށެވެ.
މި ފޯރަމަކީ ހާމަކަން ބޮޑު ގޮތެއްގައި ޖަވާބުދާރީވަނިވި ސަރުކާރެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅުގެ ދަށުން ބާއްވަމުން އަންނަ ފޯރަމްތަކެކެވެ.