ENGLISH

05 ޖުލައި 2025

Advertisement

އަތޮޅުތެރޭ ހަތީބުން ނުލިބުން ހައްލުކުރަން ކައުންސިލަރުންނަށް ހުތުބާ ކިޔުމުގެ ހުއްދަަ ދިނުމަށް ކޯހެއް ހިންގަަނީ

12 މޭ 2025

|

ޝިފްޒާން އަޙްމަދު

އިސްލާމީ ކަަންތައްތަކާ ބެހޭ ވަޒީރު މުހައްމަދު ޝަހީމް އަލީ ސައީދު، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އަތޮޅު ތެރޭގެ ރަށްރަށުގައި ހުތުބާ ކިޔާ މީހުން ނުތިބޭ މައްސަލައަށް ހައްލެއް ހޯދުމަށް ކައުންސިލަރުންނަށް ހުތުބާ ކިޔުމުގެ ތަމްރީނު ދިނުމުގެ ޕްރޮގުރާމެއް ހިިންގަން އިސްލާމިކް އެފެއާޒް މިނިސްޓްރީން ނިންމައިފިއެވެ. 

އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީޑިޔާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި މި ޕްރޮގުރާމުގެ މަގުސަދަކީ އަތޮޅު ތެރޭގައި ޚުތުބާ ކިޔާނެ ޚަތީބުން ނުލިބުމުގެ މައްސަލައަށް ފުޅާ ދާއިރާއެއްގައި ހައްލުކުރުމެވެ. 

މިނިސްޓަރު މައުލޫމާތު ދެއްވި ގޮތުގައި މި ޕްރޮގުރާމު ހިންގަނީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު މެދުވެރިކޮށެވެ. މި ކޯހަކީ ތިން މަސްދުވަހުގެ ކޯހެއްކަމަށްވެސް ޑރ.ޝަހީމު ވިދާޅުވިއެވެ. 

ޝަހީމު ވިދާޅުވި ގޮތުގައި މި ކޯހުގައި ކައުންސިލަރުންގެ ތެރެއިން ހުތުބާ ކިޔުމަށް ޝައުގުވެރިވާ މީހުންނަށް ބައިވެރިވެވޭނެއެވެ. އަދި ތިން މަސް ދުވަހުގެ މި ޕްރޮގުރާމުގެ ދަށުން ހިންގާ ކޯސްތަކުގައި ކޮންމެ ބުރެއްގައި 50 ކައުންސިލަރުންނަށް ބައިވެރިވެވޭނެ ކަމުގައިވެސް ޝަހީމު މައުލޫމާތު ދެއްވިއެވެ. 

މި ކޯހުގައި ހަތީބުންނަށް ބޭނުންވާ އަސާސީ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭނެއެވެ. އެގޮތުން ފިޤުހާއި، ޤުރުއާނާއި، ޢަޤީދާއާއި، ޙަދީސްގެ އިލްމުތައް މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވެއެވެ. ކީރިތި ޤުރުއާން ފިޔަވައި އެހެނިހެން މާއްދާތައް ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. 

ޤުރުއާން ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ކައުންސިލަރުން މާލެއަށް އައިސްގެން ނުވަތަ އަތޮޅު ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ހުންނަ ރަށްރަށަށް ގޮސް އެ މަރުކަޒުންނެވެ. 

ޑރ.ޝަހީމު ވިދާޅުވި ގޮތުގައި ކައުންސިލަރުންނަށް ހާއްސަކޮށްގެން ހިންގާ ކޯހުގައި އެކި މާއްދާތައް ކިޔަވައިދެއްވާނީ ފުންނާބުއުސް އިލްމުވެރިން ކަމަށެވެ. އަދި މި ޕްރޮގުރާމަށް ކުރިމަތިލުމުގެ ފުރުސަަތު އެކެއް ޖޫންގައި ހުޅުވާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު