ENGLISH

05 ޖުލައި 2025

Advertisement

ކުރިން ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ދަރަންޏެއް އަދާކުރުން އިންޑިޔާއިން ފަސްކޮށްދީފި

12 މޭ 2025

|

ޝިފްޒާން އަޙްމަދު

ސްޓޭޓް ބޭންކް އޮފް އިންޑިޔާ، ފޮޓޯ: ދައުރު

ކުރީ ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ޓީ-ބިލު ވިއްކައިގެން ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން ދައްކަންޖެހޭ 100 މިލިއަން ޑޮލަރުން 50 މިލިއަން ޑޮލަރު ދެއްކުން އިންޑިޔާއިން ފަސްކޮށްދީފިއެވެ. 

ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ޓީ-ބިލު ވިއްކައިގެން ކުރީ ސަރުކާރުން ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު އިންޑިޔާ ސަރުކާރުން މައާފުކޮށްދީފައިވެއެވެ. އަދި ސަރުކާރު ބަދަލުވުމަށްފަހު މި ސަރުކާރުންވަނީ އެއިން 50 މިލިއަން ޑޮލަރު އަނބުރާ ދައްކާފައެވެ. އެހެންކަމުން ބާކީ މިހާރު ދައްކަން އޮންނާނީ 100 މިލިއަން ޑޮލަރެވެ. 

އެ ފައިސާ ދައްކަންޖެހެނީ ބަހާލައިގެން އަހަރުގެ ދެ މުއްދަތެއްގައެވެ. މީގެ ކުރިންވެސް އިންޑިޔާ ސަރުކާރުންވަނީ އެއިން 50 މިލިއަން ޑޮލަރެއް އަދާކުރުން ފަސްކޮށްދީފައެވެ. 

މި ފައިސާ އަދާކުރުން ފަސްކޮށްދިނުމާ ގުޅިގެން ހާރިޖީވަޒީރު ޑރ.އަބްދުﷲ ހަލީލު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އިންޑިޔާގެ ހާރިޖީވަޒީރު ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި ފައިސާ ދެއްކުން ލަސްކޮށްދިނުމަކީ އިންޑިޔާއިން ދިވެހިރާއްޖެއަށް ވެދިން މުހިއްމު މާލީ އެހީއެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ. 

އަދި ބޭނުންޖެހިފައި އޮތް މިފަަދަ ދަނޑިވަޅެއްގަައި އިންޑިޔާއިން ފޯރުކޮށްދިން މިއެހީތެރިކަމުން ރިވެލިވަނީ ނުވަތަ ދައްކުވައިދެނީ ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުން ކަމަށާއި، އިގުތިސާދީ ވިލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ގެންނަން ނިންމާފައިވާ މާލީ އިސްލާހުތައް ގެނައުމަށް މި އިންޑިޔާގެ މި އެހީތެރިކަމުން މަދަދު ލިބޭނެ ކަމށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

ދިވެހިރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިތުރު އެއް އަހަރަށް 50 މިލިއަން ޑޮލަރުގެ ޓީބިލު އަނބުރާ ދެއްކުން އެ ގައުމުގެ ސަރުކާރުން ފަސްކޮށްދީފައިވާ ކަމަށެވެ. 2019 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން އެސްބީއައި މެދުވެރިކޮށް ދިވެހި ސަރުކާރުގެ ޓީ-ބިލުތައް އިންޑިޔާއިން ގަންނަމުން އަންނައިރު އެ މުއްދަތުގައި އަހަރުން އަހަރަށް އެ ޓީ-ބިލުތައް ދެއްކުން ފަސްކޮށްދީފައިވާކަން އިންޑިޔާ ހައިކޮމިޝަނުން ފާހަގަކުރިއެވެ. 

މިއީ ދެ ގައުމުގެ ސަރުކާރުގެ މެދުގައި ހަމެޖެހިފައި އޮތް އިންތިޒާމެއްގެ ތެރެއިން ރާއްޖެއަށް ކުއްލި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެއްސި ލުޔެއްކަން ހައިކޮމިޝަނުން ފާހަގަކުރިއެވެ. 

ރާއްޖެއަކީ އިންޑިޔާއަށް މުހިއްމު ބައިވެރިއެއްކަން ފާހަގަކުރަމުން ހައިކޮމިޝަނުން ބުނެފައިވަނީ މި ޓީ-ބިލު ދެއްކުން އަހަރު ދުވަހަަށް ފަސްކޮށްދިނުމުގެ އިތުރަށް އަސާސީ ކާބޯތަކެތި ރާއްޖެއަށް އެތެރެކުރުމަށް އިންޑިޔާ ސަރުކާރުން ދީފައިވާ ކޯޓާ އިތުރުކުރުމަށް ނިންމާފައިވާ ނިންމުމަކީ އެ ގައުމުން ރާއްޖެއަށް ބޭނުންޖެހޭ ހާލަތްތަކުގައި އެހީތެރިވުމަށް ނިންމާފައިވާ ނިންމުންތައް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު