ENGLISH
15 މޭ 2025
ވޯޓްލާ ގޮތް ބަދަލުކުރުމުގެ އެއްވެސް ވިސްނުންފުޅެއް ރައީސް ނުގެންގުޅުއްވާ
11 މޭ 2025
|
މިރޭގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ
ވޯޓްލާ ގޮތް ބަދަލުކުރުމުގެ އެއްވެސް ވިސްނުންފުޅެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނުގެންގުޅުއްވާ ކަމަށް ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިޙްސާން މިރޭ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ "ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖެ ޑިޖިޓަލް ކުުރުމަށް ފަށާފައިވާ މަސައްކަތާއެކު ވާދަަވެރީން ދަނީ އެއްވެސް އަސާސެއް ނެތް ވާހަކަތައް ފަތުރަމުންނެވެ. އެ މަސައްކަތުގެ މައިގަނޑު ބޭނުމަކީ ވޯޓްލާ ގޮތް ބަދަލުކުރުން ކަމަށް ވެސް ވާދަވެރީން ދަނީ ބުނަމުންނެވެ.
ނަމަވެސް މިނިސްޓަރު އިޙްސާން މިރޭ ވަނީ އެ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ. އެ ތުހުމަތު ދޮގު ކުރައްވާ މިނިސްޓަރު ވިދާޅުވީ ރަައީސްގެ އެސްޓޯނިއާ ދަތުރުފުޅުގައި ރާއްޖޭގައި މިހާރު އަމަލުކުރާ އުސޫލުން ވޯޓު ކަރުދާސްކޮޅު ވޯޓު ފޮއްޓަށް ލަައިގެން ވޯޓުލުމުގެ އިތުރަށް، ބޭނުންވާ މީހުންނަށް ޑިޖިޓަލް ނިޒާމުތައް ބޭނުންކޮށްގެން ވޯޓުލުމުގެ ފުރުސަތު އެސްޓޯނިޔާގައި ހުޅުވިފައި އޮންނަކަން އެ ގައުމުގެ އޮފިޝަލުން ވިދާޅުވެދެއްވި ކަމަށެވެ.
ނަމަވެސް ރާއްޖެ ޑިޖިޓަލް ވުމަށް ކުރާ ދަތުރުގައި ވޯޓުލާ ގޮތް ބަދަލު ކުރުމުގެ ވިސްނުން ގެންގުޅެގެން ނުވާނެ ކަމަށް ރައީސް އެ ވަގުތު ދެންނެވި ކަމަށެވެ.
"ހަމަ އެވަގުތު އަޅުގަނޑާއި އެތަނުގައި ތިބި ވަޒީރުންނަށް ރައީސް ވިދާޅުވި، އަޅުގަނޑުމެން މިހުރިހާ ކަމެއް މިގޮތަށް ކުރަންވާނޭ، އެހެންނަމަވެސް ވޯޓުލާ ގޮތް ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ގެންގުޅެގެންނުވާނޭ. އަޅުގަނޑުމެން މިހާރުވެސް ވޯޓުލަނީ ވަރަށް ދެފުށް ފެންނަ އަދި ފުރިހަމަ ނިޒާމަކުން ކަމަށާއި ދެންވެސް ކުރިއަށްދާނީ އެގޮތަށްކަމަށް ރައީސް ގަބޫލުކުރައްވާކަމަށް ވިދާޅުވި،" އީވޯޓިން ތަޢާރަފު ކުރަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތައް ދޮގުކުރައްވާ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އީ- ވޯޓިން ތަޢާރަފު ކުރަން މަސައްކަތް ކުރީ އަދި އެ ވިސްނުން ގެންގުޅުނީވެސް ކުރީ ސަރުކާރުން ކަމަށެވެ.