ENGLISH

05 ޖުލައި 2025

Advertisement

ކުއްޖަކަށް އަނިޔާކުރި މައްސަލައެއް: ދެ މުވައްޒިފުން ވަކިކޮށް ކްލިނިކް ވަގުތީ ގޮތުން ބަންދު

11 މޭ 2025

|

އަޙުމަދު ޙަމީދު

ފިޒިއޯ ކްލިނިކުގެ ލޯގޯ

ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އަނިޔާ ވެދާނެ ގޮތަކަށް އަމަލުކުރި މައްސަލާގައި އިޙްމާލުވި މުވައްޒިފުންނަށް ފިޔަވަޅު އަޅާ ވަގުތީ ގޮތުން ކްލިނިކް ބަންދުކޮށްފައިވާ ކަަމަށް ފިޒިއޯ ކްލިނިކުން ބުނެފި އެވެ.

އެ ކްލިނިކަށް ދިޔަ ކުއްޖަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފަ އެވެ. އެ މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ވެސް ކުރަމުންނެވެ.

އެ މައްސަލައާ ގުޅިގެން ފިޒިއޯ ކްލިނިކުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޢާންމުވެފައިވާ ވީޑިއޯގައި އެ މުވައްޒިފުގެ ފަރާތުން ފެނުނީ ބަލައިނުގަނެވޭނެ ޢަމަލުތަކެއް ކަަމަށެވެ. އަދި އެއީ އެ ކުލިނިކުން އަމަލު ކުރާ މިންގަނޑުތަކާއި މުޅިން ޚިލާފު އަމަލެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އެ މައްސަލަ އެނގުނު ހިސާބުން ވަގުތުން ފިޔަވަޅު އަޅާފައިވާ ކަމަށާ އެ މައްސަލައާ ގުޅިގެން އެ ހާދިސާ ހިނގި ވަގުތު ހުރި ދެ މުވައްޒިފުން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

މިއީ ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި ދެކޭ ކަމަށާ އެހެން ކަމުން ފުލުހުންގެ ތަޙުޤީޤަށް އެއްބާރުލުން ދިނުމުގެ ގޮތުން ކްލިނިކް ވަގުތީ ގޮތުން ބަންދު ކުރަން ނިންމާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ފިޒިއޯ ކްލިނިކުން ބުނީ އެ މައްސަލަ އެ ކުލިނިކުން އިސްވެ ފުލުހަށް ރިޕޯޓް ކުރި ކަމަށެވެ. އަދި ތަޙުޤީޤަށް ބޭނުންވާ ވީޑިއޯ ފްޓޫޖު ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ތަޙުޤީޤީ އިދާރަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މި މަހުގެ ފަސްވަނަ ދުވަހު ކަމަށެވެ. އެ ދުވަހު ހުޅުމާލޭގައި ހުންނަ ކްލިނިކަލަށް ތެރަޕީ ނަގަން ދިޔަ ކުޑަ ކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާ ވެދާނެ ގޮަތަކަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށައަޅާފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހަށް ހުށައަޅާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ މައްސަލަ ފުލުހުން ތަހުޤީޤު ކުރަމުންދާ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން އާއިލާ އިން ވަނީ ސޯޝަލް މީޑިއާގައި ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު