ENGLISH
05 ޖުލައި 2025
ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކުރާތާ 8 މަސްވެއްޖެ ކަމަށް ބުނާ ވާހަކައަކީ ދޮގެއް
11 މޭ 2025
|
ވެމްކޯގެ މުވައްޒިފަކު މަސައްކަތް ކުރަނީ
ވެމްކޯގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކުރާތާ 8 މަސްވެއްޖެ ކަމަށް ބުނެ ދައުރުކުރަމުންދާ މައުލޫމާތުތަކަކީ ޙަޤީޤަތާއި ޚިލާފު މައުލޫމާތުތަކެއް ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނެފި އެވެ.
ވެމްކޯ އިން މިއަދު ބުނީ މިއަދާ ހަމައަށްވެސް އެ ކޯޕަރޭޝަނުން އަންނަނީ މުވައްޒިފުންގެ ޕެންޝަން ފައިސާ ދައްކަމުން ކަމަށާ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި އެ ކޯޕަރޭޝަނާއި ދެމެދު ވާހަކަ ދެކެވި ޖެހިފައިވާ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އެ ކޯޕަރޭޝަންގެ މާލީ ޙާލަތަށް ބަލާއިރު ޚަރަދުތަކާއި މުވައްޒިފުންގެ މުސާރަ ހަމަޖައްސަނީ ލިބޭ އާމްދަނީ އަކުން ކަން ފާހަގަކޮށް ބުނެފައި ވަނީ ވެމްކޯ އަށް އާމްދަނީގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ގިނަ ތަންތަނުން ނުލިބޭ ކަމަށެވެ. އެ ގޮތުން މާލެ ސިޓީ ކައުންސިލުން އެ ކޯޕަރޭޝަނަށް މިހާރު ވެސް ދައްކަން ޖެހި ނުދައްކާވާ 66 މިލިއަން ރުފިޔާ ހުރިކަން ވަނީ ފާހަގަކޮށްފަ އެވެ.
އަދި މިވަގުތު މުވައްޒިފުންގެ މުސާރައާ ޕެންޝަން ފައިސާގެ ކަންކަމާއި ގުޅިގެް ޕެެންޝަން އޮފީހާއި ވާހަކަ ދައްކައިގެން ފަސޭހަ އިންތިޒާމަކުން ފައިސާ ދައްކާ ޚަލާސްކުރެވޭނެ ގޮތަކަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށާ އެއްވެސް މުވައްޒިފެއްގެ ޕެންޝަން ޙައްޤަށް އުނިކަމެއް ނާންނާނެހެން ފައިސާ ދެއްކުމަށް ރާވާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.