ENGLISH

06 ޖުލައި 2025

Advertisement

ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އަނިޔާ ވެދާނެ ގޮތަކަށް އަމަލުކުރި މައްސަލައެއް ބަލަނީ

11 މޭ 2025

|

އަޙުމަދު ޙަމީދު

ދިވެހި ފުލުހުންގެ ޚިދުމަތް

ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އަނިޔާ ވެދާނެ ގޮތަކަށް އަމަލުކުރި މައްސަލައެއް ބަލަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މި މަހުގެ ފަސްވަނަ ދުވަހު ކަމަށެވެ. އެ ދުވަހު ހުޅުމާލޭގައި ހުންނަ ކްލިނިކަލަށް ތެރަޕީ ނަގަން ދިޔަ ކުޑަ ކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާ ވެދާނެ ގޮަތަކަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށައަޅާފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހަށް ހުށައަޅާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުން ތަހުޤީޤު ކުރަމުންދާ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން އާއިލާ އިން ވަނީ ސޯޝަލް މީޑިއާގައި ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު