ENGLISH

06 ޖުލައި 2025

Advertisement

ދަރިއަކަށް ކުރެވޭނެ އެންމެ ތެދުވެރި އިޙްސާސަކީ މަންމަގެ ފިރުމައިލުމާއި ބޮސްދިނުން: މެޑަމް ސާޖިދާ

11 މޭ 2025

|

ޝަރާ އަބްދުﷲ

މެޑަމް ސާޖިދާ ކުޑަކުދިންތަކަކާ ބައްދަލު ކުރައްވަނީ. -ފޮޓޯ: ރައީސް އޮފީސް

ދަރިއަކަށް ކުރެވޭނެ އެންމެ ތެދުވެރި، އެންމެ އޯގާތެރި، އެންމެ ލޯބި، އެންމެ ސާފު، އެންމެ ހިތްގައިމު، އެންމެ ޗާލު އިޙްސާސަކީ މަންމަގެ ފިރުމައިލުމާއި ބޮސްދިނުން ކަމަށް ރައީސުލްޖުމްހުރިއްޔާގެ އަނބިކަބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ މަންމައިންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވިދާޅުވީ، މަންމައިން ވަމުން އެދާ އަގުހުރި ގުރުބާނީއަށް އެންމެ މަތިވެރި ދަރުމަ އާއި ސަވާބަށް އެދި ދުޢާކުރައްވާ ކަމަށެވެ. އަދި އެކަމަނާ ވަނީ މަންމައިންނަށް މި އުފާވެރި ދުވަހުގެ މަރްޙަބާއާއި ޝުކުރު ދަންނަވާފައެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މަންމައިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 11 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު